ތަމްރީނު
ނަންބަރު: (IUL) 166-Schol/166/2014/58
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2014
ޕަބްލިޝްކުރި ގަޑި: 16:26
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮންގޮއިން ލޯންސްކީމުން އިޢުލާންކުރިއިރު ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމި ނަތީޖާ ނުލިބޭތީ ފޯމު ނުލެވޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލުން

 

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް،  18 މާރިޗު 2014 ގައި، އިޢުލާން ނަންބަރުު: (IUL) 166 - Schol /166/ /2014/22   ން ހުޅުވާލާފައިވާ ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމް –(އޮންގޮއިން) އިޢުލާން ކުރިއިރު، ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމި ނަތީޖާ ލިބިފައި ނުވާތީ، މިސްކީމުން އެހީ ހޯދުމަށް އެދި ފޯމު ލުމަށް ޝަރުޠު ހަމަނުވާ ކެންޑިޑޭޓުންނަށް، 18 މާރިޗު 2014 ގައި، ނަންބަރުު: (IUL) 166 - Schol /166 /2014/23  ން އިޢުލާން ކޮށްފައިވާ ފުލްފަންޑިންގް ލޯންސްކީމުން އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިފަދަ ކެންޑިޑޭޓުން، 18 މާރިޗު 2014 ގައި އިޢުލާން ކޮށްފައިވާ ފުލް ފަންޑިންގް ނަންބަރު (IUL) 166 - Schol /166 /2014/23   ލޯން ސްކީމްގެ އިޢުލާނާ، 01 އޭޕްރިލް 2014 ގައި އިޢުލާން ކޮށްފައިވާ ނަންބަރު:  (IUL) 166 - Schol /166 /2014/31 އިޢުލާނާ، އަދި ފުލްފަންޑިން ލޯން ސްކީމްގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް ހުށައަޅުއްވާ ދަރިވަރުން، ޙަވާލާދެވިފައިވާ އިޢުލާންގައި ހުށަހެޅުމަށް ބަޔާން ކޮށްފައިވާ ތަކެތީގެ އިތުރަށް 18 މާރިޗު 2014 އަށް އެއްސެމިސްޓަރ ކިޔެވުން ނިމި ނަތީޖާ ނުލިބޭ ކަން އެގޭނެ  ކޮލެޖް/ ޔުނިވަރސިޓީގެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376 ، 3341381 އާ ގުޅުއްވުން އެދެމެވެ. 

28 އޭޕްރިލް 2014