ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-CCD/438/2020/253
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 23 ޑިސެންބަރު 2020 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޚިޔާލު ހޯދުމަށް ހުޅުވާލުން: ދިވެހިރާއްޖޭގެ ނޭޝަނަލީ ޑިޓާމިންޑ ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ނުވަތަ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްތުކުރާއި ކަންތައްތައް ހިމެނޭ މަގު ޗާޓު އަޕްޑޭޓްކުރުން

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެދަށުން 2015 ވަނަ އަހަރު އެކުލަވާލެވުނު ޕެރިސް އެގްރީމަންޓްގެ ދަށުން ކޮންމެ ޤައުމަކުންވެސް، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ކުރުމަށް ގަސްދުކުރާ ކަންތައްތައް ހިމެނޭ ގޮތުގެ މަގު ޗާޓެއް ނުވަތަ އެކްޝަން ޕްލޭނެއް ހުށަހެޅުމަށް އެއްބަސް ވެވުނެވެ. އެގޮތުގެ މަތީން ޕެރިސް އެގްރީމަންޓް އެކުލަވާލެވުމުގެ މަސައްކަތް ކުރިއަށް ގެންދެންވުނު އިރުގައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖެއިންވެސް ވަނީ 2020 އިން 2030 އަށް އަމަލުކުރާނެ އިންޓެންޑެޑް ނޭޝަނަލީ ޑިޓާރމައިންޑް ކޮންޓްރިބިއުޝަން 2015 ވަނަ އަހަރު ހުށައަޅާފައެވެ.

އަދި އެއްބަސް ވެވިފައިވަނީ ކޮންމެ ފަސްއަހަރަކުން އެން.ޑީ.ސީތައް މުރާޖައާކޮށް ހުށަހަޅަމުން ގެއްދިއުމަށައެވެ. އެގޮތުގެ މަތިން މި މިނިސްޓްރީއިން މިހާރު މިވަނީ 2015 ވަނަ އަހަރު ހުށައަޅާފައިވާ އެން.ޑީ.ސީ މުރާޖާކޮށް، 'ދިވެހިރާއްޖޭގެ އަޕްޑޭޓަޑް ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން' ގެ ދެލި ކޮޕީ އެކުލަވާލާފައެވެ.

ވީމާ، މި އެން.ޑީ.ސީ އަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. މިގޮތުން، ޚިޔާލު ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 23 ޑިސެމްބަރު 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected]   އަށް އީމެއިލްކޮށް ދެއްވުމަށް ދަންނަވަމެވެ. 

20 ޑިސެންބަރު 2020