ދިވެހިރާއްޖެ
ާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި އެކުއަކަލްޗަރކުރުމަށް ޚާއްސަ ބާވަތްތަކެއް ކަނޑައަޅައި އާންމުކުރުމަކީ މިމިނިސްޓްރީގެ މަސްޢޫލިއްޔަތެކެވެ. މިގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގައި ލޮނުފެނުގައި އެކުއަކަލްޗަރކުރާ ބާވަތްތަކާއި ޓެކްނޮލޮޖީއަށް ބަލައި، ވިޔަފާރީގެ ބޭނުމަށް ދިވެހިރާއްޖޭގައި އާލާކުރެވޭނެ ކަމަށް މިމިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ބާވަތްތައް ތިރީގައިވާ ތާވަލުގައި ލިސްޓުކޮށްފައި އެވަނީއެވެ. މި ބާވަތްތައް ކަނޑައެޅުމުގައި މިމިނިސްޓްރީން ރިޢާޔަތްކޮށްފައިވާނީ، މިބާވަތްތައް އާލާކުރުމުގެ ޓެކްނިކަލް އަދި އިކޮނޮމިކް ފީސިބިލިޓީ އަދި މިބާވަތްތައް އާލާކޮށްގެން ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކޮށްފާނެ އަސަރުތަކަށެވެ.
ދިވެހިނަން |
އިނގިރޭސިނަން |
ސައިންޓިފިކް ނަން |
|
ކެއުމަށް ބޭނުންކުރާ ބާވަތްތައް |
FOODFISH |
||
ފާނައިގެ ބާވަތްތައް |
Groupers |
Serranidae |
|
ކަސްފާނަ |
Brown-marbled grouper |
Epinephelus fuscoguttatus |
|
ކުލަފާނަ |
Camouflage grouper |
Epinephelus polyphekadion |
|
މުޑުފާނަ |
Giant grouper |
Epinephelus lanceolatus |
|
ޓައިގަރު/އޮޅުފާނަ |
Squaretail coralgrouper |
Plectropomus areolatus |
|
ދޮން އޮޅުފާނަ |
Roving coralgrouper |
Plectropomus pessuliferus |
|
ކޯބިޔަ |
Cobia |
Rachycentridae |
|
ކޯބިޔަ |
Cobia |
Rachycentron canadum |
|
ރަތްމަހުގެ ބާވަތްތައް |
Snappers |
Lutjanidae |
|
ރަތްމަސް |
Two-spot red snapper |
Lutjanus bohar |
|
ގިނިމަސް |
Humpback red snapper |
Lutjanus gibbus |
|
|
Rabbitfishes |
Siganidae |
|
ތައްމަސް |
Goldlined rabbitfish |
Siganus lineatus |
|
|
Seacucumbers |
Holothuridae |
|
- |
Sandfish |
Holothuria scabra |
|
ފަޅު ބަޓު |
Black teatfish |
Holothuria nobilis |
|
ކަނޑު ބަޓު |
White teatfish |
Holothuria fuscogilva |
|
ދިރޭކުދިމަހުގެ ބާވަތްތައް |
AQUARIUM FISH |
||||
|
Damselfishes |
Pomacentridae |
|||
ދިވެހި މާގަނޑުމަސް |
Maldives clown |
Amphiprion nigripes |
|||
މާގަނޑުމަސް |
Clarkii clownfish |
Amphiprion clarkii, |
|||
މުރަކަމަސް |
Humbug Damsel |
Dascyllus aruanus |
|||
ސައިބޯނިމަސް |
Sebae clown |
Amphiprion sebbae |
|||
ދެގަޅި މުރަކަމަސް |
Indian Humbug |
Dascyllus carneus |
|||
ކަޅު މުރަކަމަސް |
Three-spot Humbug |
Dascyllus trimaculatus |
|||
ނިލަމެހި |
Blue green damsel |
Chromis viridis |
|||
|
Comets |
Plesiopidae |
|||
ދުންތަރިމަސް |
Marine beta |
Calloplesiops altivelis |
|||
|
Angelfishes |
Pomacanthidae |
|||
ކަށި ކޮކާމަސް |
Many-spined Angelfish |
Centropyge multispinis |
|||
|
Hawkfishes |
Cirrhitidae |
|||
ތުންދިގު ގާބޯ |
Longsnout hawkfish |
Oxycirrhites typus |
|||
|
Gobies |
Gobiidae |
|||
މުރަކަފުންނަ |
Yellow Coral Goby |
Gobiodon citrinus |
|||
|
Groupers |
Serranidae |
|||
ކޮވެލިފާނަ |
Coral hind |
Cephalopholis miniate |
|||
މަސްފާނަ |
Peacock hind |
Cephalopholis argus |
|||
އަސްދާނުފާނަ |
Foursaddle grouper |
Epinephelus spilotoceps |
|||
ލައްފާނަ |
Honeycomb grouper |
Epinephelus merra |
|||
ދިރޭއެމުގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތްތައް |
BAITFISH |
||||
|
Milkfish |
Chanidae |
|||
ބޭންގު |
Milkfish |
Chanos chanos |
|||
|
Mullets |
Mugilidae |
|||
މެކުނު |
Fringelip mullet |
Crenimugil crenilabis |
|||
ނޯޓު: މި ލިސްޓުގައި ފާހަގަކޮށްފައިވާ ބާވަތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ މާހައުލުގައި ޤުދުރަތީ ގޮތުން އުޅޭ ނުވަތަ ހެދިބޮޑުވާ އެހެން ބާވަތެއް އެކުއަކަލްޗަރކުރުމަށް ބޭނުންވާ ފަރާތްތަކުން އެބާވަތެއް އެކުއަކަލްޗަރކުރުމަށް ހުށަހެޅިދާނެއެވެ. މިގޮތުން، ހުށަހަޅާ ބާވަތްތައް އެކުއަކަލްޗަރކުރުމުގެ ހުއްދަ ދޫކުރާނީ، މިމިނިސްޓްރީގެ ފިޝަރީޒް ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު އެކޮމިޓީއިން ނިންމާ ގޮތެއްގެ މަތިންނެވެ.