ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-PAMD/2020/063
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 29 ޑިސެންބަރު 2020 11:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2020/55 (5 ނޮވެމްބަރ 2020) އިއުލާން ބާޠިލުކޮށްފައިވާތީ އަދި މައުލޫމާތަށް ބައެއް ބަދަލު އައިސްފައިވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
  3. މި ބީލަމަކީ ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އައިޓަމް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު މި އިއުލާނުގެ ނަންބަރު 4 ގައި ބަޔާންކޮށްފައިއެވަނީއެވެ.
  4. ސަޕްލައިކުރުމާއި އިންސްޓޯލްކުރުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 15 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 15 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  5. ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  6. އެއަރކޮންޑިޝަން ސަޕްލައިކުރުމާއި އަދި އިންސްޓޯލްކުރުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އެއަރކޮންޑިޝަން ހަރުކުރާ ތަން ބަލާލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ޑިސެމްބަރ 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާ 11:00 އާ ދެމެދު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ޢިމާރާތުގެ (ފަޅުމަތީމަގު، މަޖުދުއްދީން ދަނާލު ކުރިމަތީގައިވާ އިމާރާތުގެ) 3 ވަނަ ފަންގިފިލާ އަށް ވަޑައިގަތުމުން އެއަރކޮންޑިޝަންތައް ހަރުކުރާ ތަންތަނުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
  7. ބީލަން ހުށަހެޅުން އޮންނާނީ 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހު 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  8. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

                                              20 ޑިސެމްބަރ 2020

20 ޑިސެންބަރު 2020