ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Cf357/357/2020/32
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 19 ޖަނަވަރީ 2021 00:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން

އިޢުލާން

                          ޤާނޫނު ނަންބަރު: 2010/7 " ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 151 ވަނަ މާއްދާގެ (ކ) ގެ ދަށުން ބާރުލިބިގެން، އެކުލަވާލެވިފައިވާ ވ.ފުލިދޫގެ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުލާ  އެއްޗެހި ދުއްވުމާއި ބޭނުންކުރުމާއި  ބެހޭ ޤަވާޢިދުގެ  9 ވަނަ މާއްދާގެ  (ހ) ގައިވާ " ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެމަތިން އުޅަނދުތައް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްގެންނެވެ." 

                       މަތީގައި ދެންނެވިފައިވާ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީނުކޮށް ފުލިދޫގައި ދުއްވަމުންގެންދާ އިންޖީނުލީ އެއްގަމު އުޅަނދާއި ބެޓްރީ އުޅަނދު 20 ޑިސެންބަރު 2020 ވަނަދުވަހުންފެށިން 19 ޖަނަވަރީ 2021 ވަނަދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމަށް އަންގަމެވެ.

                       ވީމާ، 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުންފެށިގެން އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަދާއި ބެޓްރީ އުޅަނދު ރަޖިސްޓްރީ ނުކޮށް ފުލިދޫގައި ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

                      05 ޖުމާދަލްއޫލާ 1442                     

                      20 ޑިސެންބަރު 2020

20 ޑިސެންބަރު 2020