ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Cf357/357/2020/33
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 19 ޖަނަވަރީ 2021 00:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ރަޖިސްޓްރީކުރުން

އިޢުލާން

                          ޤާނޫނު ނަންބަރު: 78/69 " ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާއި ބެހޭ ޤާނޫނުގެ ތިންވަނަބާބު 3- "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ ޤަވާޢިދު"

                         3.1 ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރާއި ރާއްޖޭން ބޭރުން ގެންނަ އެހެން ޤައުމެއްގައި ރަޖިސްޓްރީ ކުރެވިފައިނުވާ އުޅަނދުފަހަރު މި ޤަވާޢިދުގެ 3.2 މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ގޮތެއްގައި މެނުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ދުއްވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

                       މަތީގައި ދެންވެވިފައިވާ ޤަވާޢިދުގެ ދަށުން ރަޖިސްޓްރީނުކޮށް ފުލިދޫގައި ދުއްވަމުންގެންދާ އެންމެހާ ކަނޑު  އުޅަނދު 20 ޑިސެންބަރު 2020 ވަނަދުވަހުންފެށިން 19 ޖަނަވަރީ 2021 ވަނަދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމަށް އަންގަމެވެ.

                       ވީމާ، 20 ޖަނަވަރީ 2021 ވާ ބުދަދުވަހުންފެށިގެން ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ނުކޮށް ފުލިދޫގައި ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

                      05 ޖުމާދަލްއޫލާ 1442                     

                      20 ޑިސެންބަރު 2020 

20 ޑިސެންބަރު 2020