ޢާންމު މަޢުލޫމާތު
ނަންބަރު: GS-119/2020/15
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 29 ޑިސެންބަރު 2020 10:30
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: GS-119/2020/15

2021 ވަނަ އަހަރު މި ސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2021 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 20 ޑިސެމްބަރ 2020 އިން 27 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 ޑިސެމްބަރ  2020  ވާ ހޯމަ ދުވަހުގެ 13:30 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ.

މިކަމަށް ހުށަހަޅުއްވާ ބިޑް ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ. އަދި ބިޑް ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ. މިގޮތުންދުރުވާބޭފުޅުން ދުރުވަންވާނީ އައި ޑީ ކާޑް ގެ ކޮޕީއެއް ހިތްޕަވައިގެންނެވެ.

ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުނުގައި ބައިވެރިނުވެވޭނެވާހަކަދަންނަވަމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތުގެ ސޮފްޓްކޮޕީ ރަސްމީގަޑީގައި މިސްކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން   ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.

ފޯން: 6560576 ، އީ-މެއިލް: [email protected] ،ކޮޕީ-މެއިލް: [email protected]

               ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    20 ޑިސެމްބަރ 2020

20 ޑިސެންބަރު 2020