ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSP/1/2014/44
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2014
ޕަބްލިޝްކުރި ގަޑި: 15:51
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
1 މޭ 2014 އިން ފެށިގެން މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުމާބެހޭ

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން މުއާޞަލާތީ ޚިދުމަތްތަކުން 1 މޭ 2014 އިން ފެށިގެން ޖީ.އެސް.ޓީ ނަގަން ފަށަން ޖެހެއެވެ. މި ގޮތުން މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މުއާޞަލާތީ ޚިދުމަތް ފޯރުވައިދޭނަމަ، އަންނަނިވި ގޮތުގެ މަތިން، އެ ފަރާތްތަކުން އެ ޚިދުމަތެއް ވިއްކާ އަގުގެ މައްޗަށް ޖީ.އެސް.ޓީ ނަގަންޖެހޭނެއެވެ.

  • ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން %6 ގެ ރޭޓުގައި ޖީ.އެސް.ޓީ ނެގުން.
  • ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން %8 ގެ ރޭޓުގައި ޖީ.އެސް.ޓީ ނެގުން.

ވީމާ، މަތީގައި ދެންނެވިފައިވާ ރޭޓުތަކަށްވުރެ އިތުރަށް ޖީ.އެސް.ޓީގެ ގޮތުގައި އެއްވެސް އަދަދެއް ނެގުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމުގައި ހަނދުމަފުޅުކޮށް އެރުވީމެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ފޯރުވައިދޭ މުއާޞަލާތީ ޚިދުމަތްތަކުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައެވެ. އަދި މިކަން ބަޔާންކުރާ ނޯޓިސްއެއް އެ ފަރާތްތަކުގެ ވިޔަފާރި ހިންގާ ތަންތަނުގައި އާންމުންނަށް ފެންނާނެހެން ބަހައްޓަންޖެހޭނެއެވެ.

މި އިއުލާނާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.  

    5 ރަޖަބު 1435

04 މޭ 2014