ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2020/17
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 28 ޑިސެންބަރު 2020 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް:             މަސައްކަތު

މަޤާމުގެ ބާވަތް:                  ދާއިމީ

ޢަދަދު:              01

މުސާރަ:             -/4340

ޢިނާޔަތް:-         

     ސަރވިސް އެލަވަންސް:        -/1000

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ޓްރައިބިއުނަލުގެ އޮފީސް ކުނިކަހާ،  ފޮޅާ،  ސާފުކޮށް، ޒީނަތްތެރިކޮށް ބެލެހެއްޓުން
  • ޓްރައިބިއުނަލުގެ ދޮރުތަކާއި، ދޮރުފޮތިތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން
  • ޓްރައިބިއުނަލުން އިންތިޒާމްކުރާ އެކިއެކި ޙަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން
  • ޓްރައިބިއުނަލުން އެކިއެކި އޮފީސްތަކަށާއި، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ބެހުމާއި، ރައްދުކުރުން
  • ޓްރައިބިއުނަލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ޗިޓް އެފަރާތްތަކަށް ރަށްދުކޮށް ދިނުން
  • ޓްރައިބިއުނަލަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި ކަމާގުޅޭ ސެކްޝަނުގެމުވައްޒަފުންނަށް އެހީތެރިވެދިނުން
  • ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން މިނޫންވެސް ކުރަންޖެހޭ އެންމެހާ ކަންކަން ވެރިންގެ އިރުޝާދުގެ މަތީން ކުރުން

 

ފެންވަރު ނުވަތަ ޝަރުތު: 

  • ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

 

މަސައްކަތްކުރަންޖެހޭތަން:  މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ  13.30ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލު އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ 3 މަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑު ބަލާ ފޯމް މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2020