ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2020/024
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: މެޑިކަލް ކްލެއިމްސް ޕްރޮސެސިންގ
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "އީ" ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އަދި ލިބޭ އިންވޮއިސްތައް ގުޅުންހުރި ޑިޕާޓްމެންޓްތަކަށް ފޮނުވުން
- އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބެލެހެއްޓުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އިންވޮއިސްތަކާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- އިންވޮއިސްތަކުގެ ޞައްޙަކަން ޕޯޓަލް މެދުވެރިކޮށް ބަލައި ޗެކްކުރުން
- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް ނިންމައި އިންވޮއިސްތައް ޕްރިންޓްކުރުމާއި، ސްކޭންކުރުމާއި، ފައިލުކުރުން
- ހުއްދަ ލިބެންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން، އިންވޮއިސްތައް އެކައުންޓްސް އެން ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން
- ފައިސާ ދެއްކިފައިނުވާ އިންވޮއިސްތަކުގެ ރިޕޯޓުތައް ސްޕަވައިޒަރެއްގެ ލަފައާއެކު ތައްޔާރުކުރުން
- ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
ކުރިމަތިލުމުގެ ސުންގަޑި: 22 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އާސަންދަ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމަށް ބަލައިގެން.
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާއަށް ބަލައިގެން.
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން.
- އިންޓަރވިއު އަދި ޕްރެކްޓިކަލްސްގެ މާރކްސްއަށް ބަލައިގެން.
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިހާނު އޮންނާނީ، 24 ޑިސެމްބަރ 2020 އާއި 31 ޑިސެމްބަރ 2020 އާ ދެމެދު، އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީސް، ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ، ގައެވެ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.