ދިވެހިރާއްޖެ
ދިރިއުޅުމަށް ޓަކައި މި ރަށުން 400 ބަންޑަރަ ގޯތި ދޫކުރުމަށް، މި އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2019/4 އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް މި އިޢުލާނާއެކު ޢާންމުކުރަމެވެ. އެ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން 65 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ 391 ފަރާތަށް ގޯތި ލިބޭނެއެވެ. އަދި ބާކީ އޮތް 9 ގޯތި ލިބޭ ފަރާތްތަކާއި، ރިޒާވް ލިސްޓް ތަރުތީބު ކުރާނީ 64 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މި ގުރު ނެގުން 22 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މި އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. އަދި ގޯތި ލިބުނުކަން ނުވަތަ ރިޒާވު ލިސްޓަށް ނެގިފައިވާކަން އަންގައިދޭ ލިޔުން ހަމަ އެ ދުވަހުގެ 12:00އިން ފެށިގެން މި އިދާރާގެ ކައުންޓަރުން ދޫކުރަމުން ގެންދާނެއެވެ.
މީގެއިތުރުން ގޯތި ލިބޭފަރާތްތަކަށް، ލިބޭ ގޯތި ކަނޑައެޅުމަށް ޓަކައި ބާއްވައި ގުރުނެގުން 29 ޑިސެންބަރު 2020ވާ އަންގާރަ ދުވަހު މި އިދާރާގައި އޮންނާނެއެވެ. އެ ގުރު ނެގުންމަށް ހަމަޖެހިފައިވާ ގަޑި ގޯތި ލިބުނުކަން އަންގައިދޭ ފަރާތްތަކަށް ދޫކުރާ ލިޔުމުން އެނގެން އޮންނާނެއެވެ. ލިސްޓު އާންމު ކުރިނަމަވެސް، އެންމެ ފަހު މަރުޙަލާއާ ހަމައަށްވެސް ލިސްޓްގައިވާ ފަރާތަކަށް ލިބޭ ޕޮއިންޓަށް ބަދަލު އަންނަ ފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، އެ ބަދަލެއް ލިސްޓަށް ގެނެވޭނެއެވެ.