ދެންނެވުން
ނަންބަރު: (IUL)383/383/2020/58
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 14 ޖަނަވަރީ 2021 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ލައިބްރަރީ ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުން

ތ.ވިލުފުށީގައި ޕަބްލިކް ލައިބްރަރީގެ ޚިދުމަތް ދިނުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި 1g ގެ ގޮތުގައި ފާހަގަކޮށްފައިވާ ބިމުން 2000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން ލައިބްރަރީގެ ޚިދުމަތްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކައުންސިލުން ބޭނުންވާތީ، މިކަމަށް ޝައުގުރެވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.  

                     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ބިމުގައި ލައިބްރަރީ އިމާރާތްކޮށް ޚިދުމަތްދޭނެ ގޮތުގެ ތަފްސީލް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ. ލޭންޑްޔޫސް ޕްލޭނުގައި ލައިބްރަރީއަށް ކަނޑައަޅާފައިވާ ބިން އެނގޭނެ ޗާޓެއް މި އިޢުލާނާއެކު އާންމުކުރީމެވެ.

               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

17 ޑިސެންބަރު 2020