ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/142/2020/86
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 28 ޑިސެންބަރު 2020 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން ސައިން ލޭންގުއޭޖް އިންޓަރޕްރިޓަރުން ހޯދުން

އިޢުލާން

ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން  ސައިން ލޭންގުއޭޖް އިންޓަރޕްރިޓަރުން ހޯދުން

  މި މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ހުށަހެޅުމަށް ވޭޖް އުޞޫލުން މަސައްކަތް ކުރާނެ  03 (ތިނެއް) ޕްރެޒެންޓަރުން ބޭނުންވެއްޖެއެވެ.

 

މަޤާމު

ޝަރުޠު

މަސްޢޫލިއްޔަތު

އުޖޫރަ

ސައިންލޭންގްއޭޖް އިންޓަރޕްރިޓަރ

ދީނީ ޕްރޮގްރާމްތައް ސައިންލޭންގްއޭޖަށް އިންޓަރޕްރިޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ރާވައި ހިންގާ ދީނީ ޕްރޮގްރާމްތައް ސައިން ލޭންގްއޭޖަށް އިންޓަރޕްރިޓް ކޮށްދިނުން

އިންޓަރޕްރިޓް ކޮށްދެއްވާ  ކޮންމެ ޚުތުބާ އަކަށް -/500 (ފަސް ސަތޭކަ) ރުފިޔާ އަދި ހުށަހަޅައިދޭ ކޮންމެ ދީނީ ޕްރޮގްރާމަކަށް -/200 (ދުއިސައްތަ) ރުފިޔާ.

 

      މި އިޢުލާނުގެ ދަށުން ޕޫލުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތައް ބޭނުންކުރާނީ 2021 ޑިސެންބަރު މަހުގެ ނިޔަލަށެވެ. އަދި ޕޫލަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޕޫލުގައި ރަޖިސްޓްރީ ކުރެވޭނީ ދީނީ ޕްރޮގްރާމް ސައިންލޭންގްއޭޖަށް އިންޓަރޕްރިޓް ކުރުމުގެ ޤާބިލްކަން ހުރިތޯ ބަލައި ޓެސްޓް ކުރުމަށް ފަހުގައެވެ.

ވީމާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، ލިބިފައިވާ ތަޢުލީމާއި ތަމްރީންގެ ސެޓްފިކެޓްތަކުގެ ކޮޕީ، އައި.ޑީ ކާޑުގެ ކޮޕީ، މަސައްކަތު ތަޖުރިބާގެ ލިޔުމާއެކު މި މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3020243 ފޯނަށް ގުޅުއްވުން އެދެމެވެ.

 

ޕޫލަށް ސައިންލޭންގުއޭޖު އިންޓަރޕްރިޓާސް ހޮވުމުގައި ބަލާނެ ކަންތައްތައް.

  • ސައިން ލެންގްއޭޖް އިންޓަރޕްރިޓަރުން ހޮވުމުގައި ސައިންލޭންގައޭޖުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
17 ޑިސެންބަރު 2020