ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ގދ. ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޕްރޮޖެކްޓްސައިޓުގައި ދުވަހު މުސާރައަށް މަސައްކަތްކުރާނެ ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
# |
މަޤާމް |
ބޭނުންވާ އަދަދު |
ޝަރުތު |
މުސާރަ |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : |
|
ލޭބަރު |
17 |
|
350 ރ (ދުވަހު މުސާރަ) |
ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.
|
|
މޭސަން
|
05
|
|
420 ރ (ދުވަހު މުސާރަ) |
ރަނގަޅު ފެންވަރެއްގައި ރޭނުމާއި ތަށިމުށިޖެހުން އަދި ޕްލާސްޓަރިންގ އާއި ޕްލަމްބިންގ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް އެ މަސައްކަތްތަށް ނިންމުން. |
|
އިލެކްޓްރިޝަން |
01 |
|
420 ރ (ދުވަހު މުސާރަ) |
ކުންފުންޏަށް ބޭނުންވާ އިލެކްޓްރިކަލް އަދި ކަރަންޓު ވައިރު ކުރުމުގެ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް މަސައްކަތްތަށް ނިންމުން. |
|
ބާރބެންޑަރ |
2 |
|
420 ރ (ދުވަހު މުސާރަ) |
ރަނގަޅު ފެންވަރުގައި ބާރބެންޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން. |
|
ޕްލަންބަރ |
01 |
|
420 ރ (ދުވަހު މުސާރަ) |
ރަނގަޅު ފެންވަރެއްގައި ޕްލަމްބިންގ މަސައްކަތް ކުރުން އަދި ދެވިފައިވާ ގަޑިއަށް އެ މަސައްކަތްތަށް ނިންމުން. |
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް –2 މަސް
ޑިވިޜަން: ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން
މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި / ގދ.ތިނަދޫ ސައިޓުގައި
މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 20 ޑިސެންބަރ 2020 ވަނަ ދުވަހުގެ 12:00 ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001149/ 3001120 / 3001127
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
16 ޑިސެންބަރ 2020