ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2020/58
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 24 ޑިސެންބަރު 2020 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން  ޕޫލަށް މީހުން ނެގުމާއިބެހޭ

       

        މިއިދާރާގެ ބެލުމުގެ ދަށުގައިވާ އުތީމު ބަންޑާރައިންގެ މިސްކިތު އިމާމު ޗުއްޓީ ފެށުމާއި ގުޅިގެން އިމާމު ޗުއްޓީ ނިންމަވައި ނިކުންނަށްދެން ވަގުތީ ގޮތުން އިމާމު/މުދިމު މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމު:

އިމާމު

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތް ކުރުން )

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ކަނދުވަލު މިސްކިތް

ބޭނުންވާ ޢަދަދު:

5

މުސާރަ:

ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ

ކުރަންޖެހޭ މައިގަނޑު  މަސައްކަތް:

 

 

 

 

 

 

 

 

 

 

 

1-     އުތީމު ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތަކަށް ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.

2-     މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަން ރަނގަޅު ކުރެވޭތޯ ބެލުން.

3-     ރަށުކައުންސިލްގެ އިދާރާއިން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިނދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

4-     މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.

5-     މިސްކިތު މަސައްކަތު މީހާ ހާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު:

 

 

މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ

ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

 

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމު:       

މުދިމު

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން މަސައްކަތް ކުރުން )

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން:

ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް

ބޭނުންވާ ޢަދަދު:

5

މުސާރަ:

ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ

ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

1-     އުތީމު ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތަކަށް ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައް ބަލާ ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.

 

2-     މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަން ރަނގަޅު ކުރެވޭތޯ ބެލުން.

 

3-     ރަށުކައުންސިލްގެ އިދާރާއިން ނުވަތަ ރަށުގެ ވެރިން އަންގަވައިފި ހިނދެއްގައި މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

 

4-     މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމް ތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން.

 

5-     މިސްކިތު މަސައްކަތު މީހާ ހާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތުގެ އެތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

ފެންވަރު ނުވަތަ

ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު:

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ  ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤްރުޢާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން،ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން 
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

އިތުރު މަޢުލޫމާތު

  • މިމަޤާމަށް މީހުން ހޯދުމަށް ކުރެވޭ އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށައަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

 

  • މިމަޤާމަށް ބޭނުންވާ ޢަދަދަށްވުރެ އިތުރަށް މީހުން ކުރުމަތިލާފައިވާނަމަ އެފަރާތްތަކުގެ މެދުގައި އިންޓަރވިޔު ކުރެވި މިޕޫލަށް ނަގާނީ ޝަރުތު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

 

 

  • މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހއ.އުތީމު ކައުންސިލް އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

       ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.             

16 ޑިސެމްބަރ   2020                     

16 ޑިސެންބަރު 2020