ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2020/121
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 27 ޑިސެންބަރު 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 14.04 ޝަރީޢަތުން ބަހައިގެން ލިބުނު 2 ވަނަ ބައި ރަޖިސްޓްރީ ކުރުމާއިބެހޭ

                          އިޢުލާން

                        ރ. ދުވާފަރު 14.04 (ބުލާސަމްގެ) ނަމްބަރުގޭ (ބަހައިގެން ލިބުނު 2 ވަނަ ބައި) ރ. ކަނދޮޅުދޫ ބުލާސަމްގެ އަލްފާޟިލާ ޢާއިޝަތު ޢަލީގެ ނަމުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ   އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައ ރ. ދުވާފަރު 14.04 (ބުލާސަމްގެ) ނަމްބަރުގޭ (ބަހައިގެން ލިބުނު 2 ވަނަ ބައި) ރ. ކަނދޮޅުދޫ ބުލާސަމްގެ އަލްފާޟިލާ ޢާއިޝަތު ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                                 01 ޖުމާދަލްއޫލާ 1442

                                 16 ޑިސެމްބަރ 2020

16 ޑިސެންބަރު 2020