ދިވެހިރާއްޖެ
2010 ވަނަ އަހރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ނިލަންދޫގައި ކުކުޅު ގެންގުޅުމުގެ މަޝްރޫޢެއް ހިންގުމަށް 05 އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ދޫކޮއްފައިވާ ކުކުޅުކޮށި، މަޝްރޫޢުގެ މުއްދަތު ހަމަވެފައިވާތީ އެކުކުޅު ކޮށި ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައި ވުމާއެކު، އެފުރުޞަތު ހުޅުވާލަމެވެ.
މި ބިމާގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.fncl.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2020 ޑިސެންބަރު 08 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.
ވީމާ، މިބިން ހޯއްދެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ޑިސެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
22 ރަބީޢުލްއައްވަލު 1442
07 ޑިސެންބަރު 2020