ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2020/88
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 21 ޑިސެންބަރު 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ގޭގެއިން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ އަދި ބުދަ މިދެދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް ޕިކަޕެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އިސްވެ ދެންނެވުނު 2 ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ކުނި އުކާލުމުގެ މަސައްކަތުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 3 ގަޑިއިރެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި އިތުރު ވަގުތު ހިނގައިފިނަމަ އިތުރަށް ހިނގި ވަގުތަށްވާ ފައިސާ ދެވޭނެއެވެ. ޕިކަޕަށް ކުނި އެރުވުމާއި ކުނި ކޮށްޓަށް ކުނިތައް ބޭލުމުގެ މަސައްކަތް ކުރާނީ އެކަމަށް ހަމަޖެއްސިފައިވާ މުވައްޒަފުންނެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

16 ޑިސެންބަރު 2020