ދިވެހިރާއްޖެ
މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނަށް ބޭނުންވާ 5 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަގު ހުށަހެޅުން
ބީލަން ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނި އެންމެ ގިން މާކުސް ލިބޭ ފަރާތަކަށް ބީލަން ކާމިޔާބުވާ ގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރިގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
- އަގު ހުންނަން ވާނީ ދިވެހި ރުފިޔާއިންނެވެ.
- ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- އަދި މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ.
- އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ
- ބިޑް ހުށަހަޅާފަރާތަކީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ
- އަދި ޤާނޫނުގައިވާ ފަދައިން ރެޖިސްޓްރީ ކުރެވިފައިނުވާނަމަ ބިޑް ބާތިލް ކުރެވޭނެއެވެ
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން
- ޕްރޮފައިލް
- ވޮރަންޓީ ލެޓަރ
- އަގު ހުށަހަޅާ ތަކެތީގެ ފޮޓޯއާއި ސްޕެސިފިކޭޝަން
- ތަޖުރިބާ ބަޔާންކުރާ ލިޔުން
- ކުންފުނި ނުވަތަ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
- ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ
ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:
|
ކެޓަގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
1 |
އަގު |
80% |
|
2 |
މުއްދަތު |
15% |
|
3 |
ތަޖުރިބާ |
5% |
|
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަން (9B، ހ.އޯކިޑް، އަމީރު އަޙްމަދު މަގު، 20095) އަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ
މިއިއުލާނާއި ބެހޭގޮތުން އިތުރު މައުލުމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.