މަސައްކަތް
ނަންބަރު: (IUL)345-CAA/345/2020/96
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 24 ޑިސެންބަރު 2020 10:30
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                          ނަންބަރު:  IUL)345-CAA/345/2020/96)

އިޢުލާން

  • އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 21 ޑިސެމްބަރ 2020 އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 13:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތާބެހޭ މައުލޫމާތު ޝީޓް މިއަދުން ފެށިގެން 24 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ހެނދުނު 09:00 އާ ހަމައަށް މި ކައުންސިލްގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ.

ޕްރީބިޑް ބައްދަލުވުން:

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހު 10:30 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާގައެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޒިރުނުވި ނަމަވެސް ބިޑްހުށަހެޅޭނެއެވެ.

ބިޑް ހުޅުވުން:

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 24 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 08:30 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

                  މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2020