މަސައްކަތް
ނަންބަރު: (IUL)330-B/330/2020/37
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި:
21 ޑިސެންބަރު 2020 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަށާފާރުން ބައެއް ތަޅާލާ އަލުން ރޭނުން
މި އިދާރާގެ ވަށާފާރުން ބައެއް ތަޅާލާ އަލުން ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 15 ޑިސެމްބަރ 2020 ން ފެށިގެން 16 ޑިސެމްބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގައެވެ. ރެޖިސްޓްރީކުރުމުގެ އަގަކީ 20.00 ރުފިޔާ އެވެ.
- ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގަ އެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 21 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގަ އެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާ، ހަވީރީ ހިނގުން / ކ. ކާށިދޫ ، ފޯން: 6645377، 7798119
14 ޑިސެންބަރު 2020