ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2020/109
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 22 ޑިސެންބަރު 2020 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (މާކެޓިންގ)

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މާކެޓިންގ

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

40

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދަކަށްފަހު 4 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. 15 އަހަރު ދުވަހުގެ މެނެޖްމަންޓް ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. އޭގެ ތެރޭގައި ގްރޭޑް 6 ގައި ހިމެނޭ މަޤާމެއްގައި މަދުވެގެން 5 އަހަރު ޚިދުމަތްކޮށްފައިވާންވާނެ.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މާރކެޓިން ސްޓްރެޓަޖީ އާއި ޕްލޭން އެކުލަވާލުން:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންކަން ހާޞިލް ކުރުމަށް މާރކެޓިންގ ޑިޕާރޓްމަންޓް އިން ކުރަންޖެހޭ އެންމެހާ ކަންކަން ކޯޑިނޭޓް ކުރުން.
  • މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުން.
  • މާކެޓިންގ މަސައްކަތްތައް ރާވާ ޑެލިގޭޓް ކުރަންޖެހޭ ކަންކަން ޑެލިގޭޓްކޮށް ތަންފީޒުވާވަރު ބެލެހެއްޓުމާއި، ދިމާވާ ކަންކަމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަދަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް މަސައްކަތް ކުރުން.
  • ފެކަލްޓީ / ސެންޓަރ / ސުކޫލް / ކެމްޕަސް ތަކާއިއެކު މާރކެޓިނގް ގެ ޚަރަކާތްތައް ރާވާ، ތަންފީޒުކޮށް، ނަތީޖާ އެނަލައިޒް ކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުން.
  • ދަރިވަރުން އިތުރުކުރުމަށް އަހަރީ ޓާރގެޓް ކަނޑައަޅާ އެހާޞިލް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • މާރކެޓިނގް ގެ ޙަރަކާތްތަކުގެ ތެރެއިން ސެންޓްރަލައިޒްޑް އަދި ޑީސެންޓްރަލައިޒްޑްކޮށް ކުރެވޭނޭ ކަންކަން ކަނޑައަޅާ އެންމެންގެ ބައިވެރިވުން މިކަންކަމުގައި ހޯދުން.
  • މާރކެޓް ކުރުމުގައި ޒަމާނީ ގޮތްތައް ހޯދާ އެގޮތްތަކަށް ޔުނިވަރސިޓިގެ މާރކެޓިންގ ޙަރަކާތްތައް އަމާޒުކުރުން.
  • ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
  • ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި، ތަންތަނާއި، މީހުންގެ ފޮޓޯއާއި، ކުރެހުމާއި، ލިޔުމުގެ ލައިބްރަރީއެއް އެކުލަވައިލައި ކެޓެލޮގްކޮށް ބެލެހެއްޓުން.

2. ވެބްސައިޓް މެނޭޖްކުރުން:

  • ޔުނިވަރސިޓީގެ ވެބްސައިޓަކީ ޔުނިވަރސިޓީގެ ހައިބަތާއި، ކަރާމަތް ދައްކައިދޭ ވެބްސައިޓަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި ވިލަރެސް ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް، މޮނިޓަރ ކޮށް ނަތީޖާ ނެރުން.
  • ޔުނިވަރސިޓީގެ ވެބްސައިޓަކީ 2 ބަހުން ހުށަހަޅާ ވެބްސައިޓަކަށް ހެދުމާއި، ޔުނިވަރސިޓީގެ ބްރޭންޑިންގ ގެ އުޞޫލްތަކަށް ފެތޭ ވެބްސައިޓަކަށް ހެދުން.
  • ޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީގެ ކޮމިޔުނިޓީއާއި ޒަމާނާއި ގުޅޭ ވެބްސައިޓަކަށް ހެދުމަށް މަސައްކަތް ކުރުން.

3. މީޑިއާއާއި ޕަބްލިކް ރިލޭޝަންސް

  • ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން އިތުރުކޮށް، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ ތަނުގެގޮތުގައި އާންމުންދެކޭނެގޮތަށް ބަދަލުކުރުމަށްމަސައްކަތް ކުރުން.
  • ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުން.
  • ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން.
  • ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ޔުނިވަރސިޓީގެ ވެރިންނާއިއެކު މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން.

4. މާކެޓިންގއާއި ކޮމިޔުނިކޭޝަންސް

  • ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިން ތައްޔާރުކޮށް އެއަށް ޢަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިނާއި އެކުގައި ފެކަލްޓީ ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރަމުން ދިއުން.
  • ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީ އަދި ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން.
  • ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ޑެލިގޭޓް ކުރަންޖެހޭކަންކަން ޑެލިގޭޓް ކުރުން އަދި މޮނިޓަރ ކުރުން.
  • ޔުނިވަރސިޓީގެ މާރކެޓިންގ ޕޯރޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގެ ޕްލޭނުތައް ހެދުމުގައި ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.
  • ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.

5. ޝާއިޢުކުރުން ބެލެހެއްޓުން.

  • ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން ރާވާ އިންތިޒާމް ކޮށް އެކަން މެނޭޖްކޮށް، ތަކެތި އުފައްދާ އެތަކެތި ބެހުން.
  • ޔުނިވަރސިޓީގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، މާރކެޓްކޮށް އެއިންލިބިދޭ އާނމުދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.

6. ޚާއްޞަ އިވެންޓްތައް

  • ޔުނިވަރސިޓީ މާރކެޓްކުރުމުގެ ކަންކަން އިސްނަގާ ރާވާ ކުރުމާއި އެހެނިހެން މުވައްޞަސާތަކުން ރާވާކަންކަމުގައި ބައިވެރިވެ އެކަށޭނަ ފުރުޞަތުހޯދުމަށް މަސައްކަތް ކުރުން.
  • ޔުނިވަރސިޓީ މާރކެޓްކުރުމުގެ ގޮތުން ތަފާތު އެކި ބާވަތުގެ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު، ވެބިނަރ، ލައިވް އިވެންޓްސް، ރޯޑް ސޯސް، ފަދަ ތަފާތު ޙަރަކާތްތައް ރޭވުމާއި އިންތިޒާމް ކުރުމާއި، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ޔުނިވަރސިޓީގެ ދަރިވަރުންގެ ޔުނިއަން އަދި އެލަމްނައި އެސޯސިއޭޝަންގެ ބޭނުން ހިފާ އެފަރާތްތަކުގެ އެހީތެރިކަމާއި އެކު ކޯސްތަކާއި މުޅި ޔުނިވަރސިޓީ ޕްރޮމޯޓް ކުރުމަށް ރަވާ އިވެންޓް ތަކުގައި އެފަރާތްތަކުގެ ބައިވެރިވުން ހޯދުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 2020 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUjobs-Marketing

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/MNU-JobApplicationForm

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
15 ޑިސެންބަރު 2020