މަސައްކަތް
ނަންބަރު: (IUL)GS-152/PRIV/2020/9
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 28 ޑިސެންބަރު 2020 11:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭން ފަރާތެއް ހޯދުން

މި އިޢުލާންވަނީ 15 ޑިސެންބަރު 2020 11:02 ގައި ބާތިލް ކުރެވިފައެވެ.


2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭން ފަރާތެއް ހޯދުން

 

2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިސްކޫލުގެ ނަންބަރު:  IUL)GS-152/PRIV/2020/7) ނ (22 ނޮވެމްބަރު 2020) އިޢުލާނާއި ގުޅިގެން ދޫކުރެވިފައިވާ ބިޑް ފޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުމުން އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2020 ނޮވެމްބަރ 15 އިން 2020 ނޮވެމްބަރ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

އަދި 2020 ޑިސެމްބަރ 22 ވާ އަންގާރަ ދުވަހުގެ 11:00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރު 28 ވާ ހޯމަ ދުވަހުގެ 11:00 ށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީ އަކާއިއެކު ފޮނުއްވުން އެދެމެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ü      މަތިވެރި ސްކޫލް، އއ. މަތިވެރި

ü      ފޯން: 6660816

ü      އީމެއިލް: [email protected]

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ޑިސެމްބަރ 2020

01 ޖުމާދަލްއޫލާ 1442

15 ޑިސެންބަރު 2020