ތަމްރީނު
ނަންބަރު: (IUL)160-CS/1/2020/34
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 04 ޖަނަވަރީ 2021 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ގޮފީގައި 2021 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ކޯސްތައް ފެށުމަށް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ގޮފީގައި  2021 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

 

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  8 ހަފްތާ

ޖާގަ:         90 ޖާގަ

 

ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         60 ޖާގަ

ޤިރާއަތު ސެޓްފިކެޓް 3

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

 

މުއްދަތު:  2 ސެމިސްޓަރ

ޖާގަ:         60 ޖާގަ

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް

 

ޝަރުޠު: 

  1. ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން.
  2. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:         2 ސެމިސްޓަރ

ޖާގަ:         30 ޖާގަ

 

ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 2020 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2021 ޖަނަވަރީ 4 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

15 ޑިސެންބަރު 2020