ކުއްޔަށް ދިނުން
ނަންބަރު: (IUL)303-AS/2020/56:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 17 ޑިސެންބަރު 2020 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ނަމްބަރ 303-AS/2020/18(IUL) (12 މާރިޗް 2020)ގެ އިޢުލާނާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                     ނަންބަރު:  IUL)303-AS/2020/56)              

އިޢުލާން

 

މިކައުންސިލްގެ (12 މާރިޗް 2020)ގެ އިޢުލާނާއި ގުޅޭ

 

           ކޮވިޑް 19 އާއި ގުޅިގެން އެއްވެ އުޅުމަކީ ރައްކާތެރިކަމެއް ކަމުގައިނުވާތީ އާއި އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ކުލީބިމުގެ މައްސަލައަކާއި ގުޅިގެން އެކޯޓްގެ ނަމްބަރ:  E7C-B/2020/01( 02 އެޕްރީލް 2020 ) ވަގުތީ ޢަމުރުގެ ކުރިން އަންގާ އެންގުމުން ކުލީބިންތަކާއި ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެންގެވި އެންގެވުން އުނގޫފާރު މެޖިސްޓްރޭޓް ނަމްބަރ: 16/E7C/2020.18/E7C/20202.36/E7C/2020.37/E7C/2020.38/E7C/2020.39/E7C/2020.40/E7C/2020.41/E7C/2020

(10 ޑިސެމްބަރ 2020) ޤަޟިއްޔާ އިން 8 މައްސަލައިގެ ހުކުމްކޮށް ނިންމާ ( 26 އޮކްޓޫބަރ 2020) ގައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ބިންތަކުގެ އެންމެހާ މަސައްކަތް މަޑުޖައްސާލުމަށް ނެރެފައިވާ އުނގޫފާރު ކޯޓްގެ ވަގުތީ ޢަމުރު ނަމްބަރ: E7C/AV/2020/01,02,03,04,05,06,07, ބާޠިލުވެއްޖެކަމަށް ކަނޑައަޅާ، 10 ޑިސެމްބަރ 2020 ގައި މައްސަލަވަނީ ނިންމާފައެވެ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ބިންތަކުގެ އެންމެހައި ކަންކަން މަޑުޖައްސާލުމަށް އެންގިއިރު ބިޑް ޑޮކިއުމަންޓް ވިއްކުމަށް އިޢުލާންކުރި މުއްދަތު ހަމަވާން 1 ދުވަސް ބާކީ އޮތުމުން އެދުވަހުގެ ބަދަލުގައި ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 9:00 ން ފެށިގެން 12:00ގެ ނިޔަލަށެވެ. ބިޑްގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި އުނގޫފާރު ކައުންސިލް އިދާރާއިން ބިޑް ލިބެންހުންނާނެއެވެ. ބިޑް ބައްލަވައި ގަންނަވާ ފަރާތްތަކާއި އެކު ބާއްވާ ޕްރީބިޑް މީޓިން ކޯވިޑް 19 އާއި ގުޅިގެން އެއްވެ އުޅުމަކީ ރައްކާތެރިކަމެއްކަމުގައި ނުވާތީ ބިޑާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ރައީސް އަބްދުއްނާޞިރު ޢަލީގެ 9755327 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ. ބިޑް ހުށަހެޅުމާއި، ބިޑް ކެނޑުން އޮންނާނީ 31 ޑިސެމްބަރ 2020، ބުރާސްފަތި ދުވަހުގެ 11:30 އުނގޫފާރު ކުލަބް ޔޫތުސްޓާރގެ ހޯލްގައެވެ. ބިޑް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ބިޑް ބަލައިގަތުމާއި ބިޑްކެނޑުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްކޮޕީ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮން ކުންފުންޏެއް ތަމްސީލް ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެ ސްޓޭންޕް ޖަހާފައިވާ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

           އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ކައުންސިލްގެ ރައީސް އަބްދުއްނާޞިރު ޢަލީ 9755327 ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

            ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

           29 ރަބީއުލްއާހިރު 1442     

           14 ޑިސެމްބަރ  2020     

 

14 ޑިސެންބަރު 2020