ވަޒީފާގެ ފުރުޞަތު
ނަންބަރު: AS/IUL/2020/023
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 20 ޑިސެންބަރު 2020 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

އިޢުލާން ނަންބަރު:AS/IUL/2020/023  

މަޤާމް: އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން/ އެޑްމިން އެންޑް ޕްރޮކިއުމެންޓް

 

މަޤާމުގެ ޝަރުތު:

  1. އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން
  2. ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރޮކިއުމަންޓް ސެކްޝަންގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރެވިފައިވާ ޕްލޭންތަކާއި އެއްގޮތަށް ސެކްޝަން ފަންކްޝަން ކުރޭތޯ ބަލައި ޕޮލިސީ ތަކާއި އެއްގޮތަށް ޕްރޮކިއުމަންޓް ހިންގުން.
  2. ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުމުގައި ޑިޕާރޓްމަންޓްގެ އެންމެ އިސްފަރާތަށް އެހީތެރިވެދިނުން.
  3. ބިޑް އާ ގުޅުންހުރި މަސައްތަކްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  4. ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
  5. ޑިސްޕެޗް އަދި އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  6. ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއެކު މަސައްކަތްތައް ކުރިއަށްދާގޮތް ޑިޕާރޓްމަންޓްގެ ވެރިޔާއަށް ރިޕޯޓް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

  • މުސާރައާއި އިނާޔަތް : -/18،566 ރުފިޔާ އާއި، -/20،694 ރުފިޔާ އާ ދެމެދުގެ އަދަދެއް )މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ(

 

ކުރިމަތިލުމުގެ ސުންގަޑި:   20 ޑިސެންބަރ 2020 ވާ  އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ޑިސެންބަރު 2020