މަސައްކަތް
ނަންބަރު: (IUL)226-H/PRIV/2020/26
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 27 ޑިސެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

1- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޑިސެންބަރު 14 އިން ފެށިގެން ޑިސެންބަރު  17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

2- މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓަށް މި އޮފީހުގެ ވެބްސައިޓް www.haadhaal.gov.mv އިން 14 ޑިސެންބަރ 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3- މިމަސައްކަތާ ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2020 ޑިސެންބަރު 20 ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 27  ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801

އީމެއިލް: [email protected]

14 ޑިސެންބަރު 2020