ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2020/140
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:18
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީން 08 ޑިސެމްބަރ 2020 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL)30-E/30/2020/101) އިޢުލާނުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ބ. މާއްޑޫ ހުޅުވާލި ހުޅުވާލުން ނިމުމަކަށް ގެނައުމަށް މި މިނިސްޓްރީން ނިންމާފައިވާކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

މިގޮތުން، އެ ރަށަށް ބިޑް ކުރުމަށް ބީލަންފޮތް ބައްލަވަގެންފައިވާ ފަރާތްތަކުން ބިޑިންގ ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި މި މިނިސްޓްރީއަށް ދައްކަވާފައިވާ ފައިސާ އަނބުރާ ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާނޭކަން ވެސް މި ފުރުޞަތުގައި ދަންނަވަނެވެ.

14 ޑިސެންބަރު 2020