ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)328-HR/328/2020/75
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 22 ޑިސެންބަރު 2020 13:30
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުޞަތު

2021 ވަނަ އަހަރަށް މިސްކިތު ޕޫލަށް މުވައްޒަފުން ހޯދުން

މަޤާމް:

އިމާމް، މުދިމް

މަޤާމުގެ ނަންބަރ:

 

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމެންޓް

ރޭންކް:

 ޖީ.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:

އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

(މުދިމް) ކޮންމެ ނަމާދަތަކަށް  48.00 (ސާޅީސް އަށެއް) ރުފިޔާ  ދުވާލަކު 5 ގަޑިއިރު

(އިމާމް) ކޮންމެ ނަމާދު ވަގުތަކަށް 56.00 (ފަންސާސް ހައެއް) ރުފިޔާ   ދުވާލަކު 5 ގަޑިއިރު

ސާރވިސް އެލަވަންސް:

 

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ އިނާޔަތު ފައިސާ

މަސްޢޫލިއްޔަތަކާއި ވާޖިބުތައް:

  • ކުރެންދޫ ކައުންސިލް އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟް ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން، މިސްކިތަށްގޮސް މިސްކިތުގެ ކަންތައްތައްބަލާ ރަގަނޅު ކުރުމަށްޖެހޭ ކަންތައްތައް ރަގަނޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެ ކަމެއް ކައުންސިލް އިދާރާއަށް އަންގައި ރަގަނޅު ކުރެވޭތޯ ބެލުން
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލް އިދާރާއަށް އަންގައިގެން ހައްލުކުރަންވާނެއެވެ.
  • ކުރެންދޫ ކައުންސިލް އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ޢީދުނަމާދާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދު އިމާމްވެ ކުރުން
  • މިސްކިތުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލައި ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެމީހުން ލައްވާ މަސައްކަތްކުރުވުން.
  • މިސްކިތާއި ޙަވާލުވެ ހުންނަ އިމާމަކު ކައުންސިލް އިދާރާއަށް ނިކުމެ ސޮއިކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމު މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް ޢުޒުރުވެރިވެއްޖެ ނަމަ އެދުވަހުގެ ބާކީ އޮތް ބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ޙަވާލުކޮށް  މިސްކިތް ޙަވާލުކޮށްފައިވާ އިމާމް މީހާގެ ދާއިމީ އަދި ވަގުތީ  ގޮތުން މިސްކިތަކާ ޙަވަލުވެފައިވާ އިމާމުން / މުދިމުން ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން 11:00 ގެ ކުރިން ސޮއިކުރަންވާނެއެވެ.
  • މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައި ނަމަ މިސްކިތުގެ އިމާމް/ މުދިމް މިސްކިތުގެ ތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން މިސްކިތުގެ ދިއްލުންތައް ނިވަން ވާނެއެވެ.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުން ފަދަ ޕްރޮގުރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން
  • މިސްކިތުގެ ވަޅުތައް ސާފުކޮށް ބެހެއްޓުމަށްޓަކައި އަހަރުކު 4 ފަހަރު ވަޅު ދިޔަ ހިއްކުވުން.
  • މިސްކިތް ތަކުގައި ބަހައްޓާފައި ހުންނަ ފެންތާނގީތައް ސާފުކުރުވުން.
  • މިސްކިތުގެ ފުރާޅުތައް މަހަކު ދެފަހަރު ސާފުކުރުވުން
  • މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދުވާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްކުރުވުން
  • މިސްކިތްތަކާއި ބެހޭ ގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ކައުންސިލް އިދާރާއަށް ހުށަހަޅާގެން ހައްލުކުރުމަށް މަސައްކަތް ކުރުން
  • މިސްކިތުގެ އިސްކުރުބަރި ދުވާލަކު މަދުވެގެން އެއް ފަހަރު ސާފުކުރުވުން
  • މިސްކިތް ފޮޅާ ސާފުކުރުމަށް ބޭނުންވާތަކެތި ހޯދާދިނުން
  • ކައުންސިލް އިދާރާއިން ރަސްމީ މަސައްކަތާއި ގުޅިގެން ޙަވަލުކުރެވޭ އެންމެހައި މަސައްކަތް ކުރުވުން
  •  
  • މިއިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނިއުކާލެވޭގޮތަށް ބޭރުގައި ބެހެޓުން
  • މިސްކިތުގައި އޯވަރ ހެޑް ޓޭންކް ބެހެއްޓިފައި ހުންނަނަމަ އަހަރަކު ހަތަރު ފަހަރު އޯވަރ ހެޑް ސާފުކުރުން.
  • އިމާމް/މުދިމް އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުކުރުން.
  • މިސްކިތަކަށް ލިބެމުންދާ ގެއްލުންތައް ޤައވާއިދުން އިމާމް/ މުދިމުންނަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ދިއުން.
  • ކައުންސިލް އިދާރާ އާއި އިމާމް/ މުދިމް ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • މިސްކިތަކުގައި ބަހައްޓާފައި ހުންނަ ފެން ތާނގީތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން އަހަރަކު އެއްފަހަރު ދޮވެ ސާފުކުރުން.
  • މިސްކިތުގެ ފުރާޅުތަކާއި ދިޔަދޮވިތައް މަހަކު ދެ ފަހަރު ސާފުކުރުން
  • މިސްކިތުގެ ފާޚާނާއާއި އިސްކުރުބުރި ދުވާލަކު އެއްފަހަރު ރަގަޅަށް ދޮވެ ސާފުކުރުން
  • މިސްކިތުގެ ވަޅުތައް ސާފުކޮށް ބެލެހެއްޓުމާއި އަހަރަކު ހަތަރު ފަހަރު ވަޅުދިޔަ ހިއްކާ ސާފުކުރުން
  • ރަށު ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  • ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް

އިމާމް ކަމުގެ ސަނަދު ލިބިފައިވުން

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރ:

 

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޮއިމެންޓް

ރޭންކް:

އެސް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

 (މަސައްކަތު) ކޮންމެ ނަމާދު ވަގުތަކަށް 45.00 (ސާޅީސް ފަހެއް ރުފިޔާ)  ދުވާލަކު 5 ގަޑިއިރު

ސާރވިސް އެލަވަންސް:

 

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ އިނާޔަތު ފައިސާ

 

މަސްޢޫލިއްޔަތަކާއި ވާޖިބުތައް:

  • މިއިދާރާއިން އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާ އާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތި ތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ ދެބައިކުޅަ އެއްބައި މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނިއުކާލެވޭގޮތަށް ބޭރުގައި ބެހެޓުން
  • މިސްކިތުގައި އޯވަރ ހެޑް ޓޭންކް ބެހެއްޓިފައި ހުންނަނަމަ އަހަރަކު ހަތަރު ފަހަރު އޯވަރ ހެޑް ސާފުކުރުން.
  • އިމާމް/މުދިމް އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުކުރުން.
  • މިސްކިތަކަށް ލިބެމުންދާ ގެއްލުންތައް ޤައވާއިދުން އިމާމް/ މުދިމުންނަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ދިއުން.
  • ކައުންސިލް އިދާރާ އާއި އިމާމް/ މުދިމް ހަމަޖައްސާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  • މިސްކިތަކުގައި ބަހައްޓާފައި ހުންނަ ފެން ތާނގީތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތިން އަހަރަކު އެއްފަހަރު ދޮވެ ސާފުކުރުން.
  • މިސްކިތުގެ ފުރާޅުތަކާއި ދިޔަދޮވިތައް މަހަކު ދެ ފަހަރު ސާފުކުރުން
  • މިސްކިތުގެ ފާޚާނާއާއި އިސްކުރުބުރި ދުވާލަކު އެއްފަހަރު ރަގަޅަށް ދޮވެ ސާފުކުރުން
  • މިސްކިތުގެ ވަޅުތައް ސާފުކޮށް ބެލެހެއްޓުމާއި އަހަރަކު ހަތަރު ފަހަރު ވަޅުދިޔަ ހިއްކާ ސާފުކުރުން
  • ރަށު ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  • ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

2- މަޤާމްގެ ދާއިރާގައި މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގާދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން:

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ކޮޕީ:

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަލުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢުލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށްއެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގާދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ދާއިރާގެ އާއި ގުޅޭ މަސައްކަތުގެ ތަޖްރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޑިސެމްބަރު 2020 ގެ 13:30ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަލައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަތަނާއި މުއްދަތު):  މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 23 ޑިސެމްބަރު 2020 ދުވަހުން ފެށިގެން 31 ޑިސެމްބަރު 2020 ހެނދުނު 09:00ން ރޭގަނޑު 21:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ:

އިމާމް ނުވަތަ މުދމްމަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %45 (ސާޅީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަސައްކަތު މީހެއްގެ މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %35

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620450 ފޯނާއެވެ.  އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv :  އެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2020