މަސައްކަތް
ނަންބަރު: (IUL) 451-FP/1/2020/17
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 16 ޑިސެންބަރު 2020 14:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މި މިއިންސްޓިޓިއުޓު މިހާރު ހިންގަމުންގެންދާ ޤާޒީބިލްޑިންގ 2 ވަނަ ފަންގިލާގައިހުރި ތަކެތި އައު އޮފީސް އިމާރާތްކަމުގައިވާ މ. ޗަބޭލީވިލާ (ސްޓަރ ކްލައުޑް ބިލްޑިންގ) ގެ 6،5 އަދި 7ވަނަ ފަންގިލާއަށް ބަދަލުކުރުމާގުޅޭ

މި މިއިންސްޓިޓިއުޓު މިހާރު ހިންގަމުންގެންދާ ޤާޒީބިލްޑިންގ 2 ވަނަ ފަންގިލާގައިހުރި ތަކެތި އައު އޮފީސް އިމާރާތްކަމުގައިވާ މ. ޗަބޭލީވިލާ (ސްޓަރ ކްލައުޑް ބިލްޑިންގ) ގެ 6،5 އަދި 7ވަނަ ފަންގިލާއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.    

 

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް2020 ޑިސެންބަރު 13ވަނަ ދުވަހުން ފެށިގެން 16 ޑިސެންބަރު 2020 ގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރޭޝަން ފޯމްގެ ލިންކް:  https://forms.gle/QtciPqWGpaBpGn8Z6     
  •  ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިންގ އޮންނާނީ 2020 ޑިސެންބަރު 17 ވާ އާދިއްތަ ދުވަހުގެ 10:00ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް  (ޤާޒީ ބިލްޑިންގ 2 ވަނަ ފަންގިފިލާ) ގައެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެންބަރު 13ވަނަ ދުވަހުން ފެށިގެން2020 ޑިސެންބަރު 17ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯނުން ނުވަތަ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން

ޤާޒީބިލްޑިންގ 02 ވަނަ ފަންގިފިލާ

އަމީރުއަޙުމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3023513

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް:   [email protected]

 

  • ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2020 ޑިސެންބަރު 21 ވަނަ ދުވަހު 10:00 ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، ޤާޒީބިލްޑިންގ ދެވަނަ ފަންގިފިލާގައެވެ.
  • މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

            އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ   އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3023513 ނަމްބަރ ފޯނަށެވެ.

13 ޑިސެންބަރު 2020