މަސައްކަތް
ނަންބަރު: (IUL)280-MS/INDIV/2020/4
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 22 ޑިސެންބަރު 2020 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މިރަށު އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 7 ސަރަހައްދަކަށް ބަހާލަގެންނެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުންއެދެމެވެ. މިމަސައްކަތަށް ކޮމިޓީ ތަކާއި ޖަމުޢިއްޔާ ޖަމާއަތް ތަކަށް ޕޮއިންޓް ދިނުމުގައި އިސްކަން ދެވޭނެ އެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 2020 ޑިސެމްބަރ 16 ވާ ބުދަ ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2020 ޑިސެމްބަރ 22 ވާ  އަންގާރަ ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

13 ޑިސެންބަރު 2020