ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2020/40
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:36
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދުއްވާ އިންޖީނުލީ އެއްގަމުއުޅަނދުފަހަރު ކައުންސިލްއިދާރާއިން ބަލަހައްޓަމުންދާ ދަފްތަރުގައި ޖެއްސުމާއިގުޅޭ

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ރަށެއްގައިވެސް އެއްގަމު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލައި ކައުންސިލުން ބަލަހައްޓަން ޖެހެއެވެ. އެގޮތުން މިރަށުގައި މިހާރު ދުއްވަމުން ގެންދެވާ އެއްގަމު އުޅަނދުފަހަރުގެ މަޢުލޫމާތު އެއުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު ބަލަހައްޓަމުންދާ ފަރާތުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ހިއްސާކުރުމަށް ދަންނަވަމެވެ. ކައުންސިލަށް ބޭނުންވާ މަޢުލޫމާތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

  • އުޅަނދުގެ ރަޖިސްޓަރީ ނަންބަރު
  • އިންޖީނުގެ މޮޑެލް ނަންބަރު

     

  • އިންޖީނުގެ ޗެސިސް ނަންބަރު
  • ވެރިފަރާތުގެ މަޢުލޫމާތު
  • ބްރޭންޑު / ކުލަ
  • ޒިންމާވާފަރާތުގެ މަޢުލޫމާތު

މިމަޢުލޫމާތު ތަކަކީ މިކައުންސިލުން ބަލަހައްޓަމުންދާ އެއްގަމު އުޅަނދުފަހަރުގެ ދަފްތަރުގައި ހިމަނަންޖެހޭ މަޢުލޫމާތުތަކެވެ. އެހެންކަމުން، މިރަށަށް މިވަގުތު ދުއްވާއެއްޗެހި އެތެރެކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ވީހާވެސް އަވަހަކަށް ކައުންސިލަށް މި މައުލޫމާތުތައް ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޑިސެންބަރު 2020