ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/IUL/2020/05
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ މި ދަންނަވާ ކުދި މަސައްކަތްތައް ކުރަން ބޭނުންވާތީ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- 41 ފޫޓް ދިގު، 6 ފޫޓް އުސް ފާރެއް 10 ފޫޓުން ތަނބުއަޅާ ، ތިރީ އަދި މަތީ ބެރި އެޅުމަށްފަހު ދެފަރާތުން ސިމެންތި ޖެހުން.
- ޢިމާރާތުގެ ކޮޅު ސީލިންގް ތައް މަރާމާތުކުރުން
- ސްޓާފްރޫމުގެ ސީލިންގް މަރާމާތުކުރުން
- އެލްޓީ ރޫމުގެ ސީލިންގް މަރާމާތު ކުރުން
- ބޮޑު ދެދޮރުފަތާއި ކުދި 12 ދޮރުފަތް މަރާމާތުކޮށް ހަރުކުރުން
- ސްކޫލު ގޭޓް ދޮރުފަތް ތަކުގައި ތަންޑާއި ތަޅުހަރުކުން.
މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 ޑިސެމްބަރ 2020 އިން 21 ޑިސެމްބަރ 2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އަށް ނަންނޯޓު ކުރެއްވުން އެދެމެވެ.
- މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 22 ޑިސެމްބަރ 2020 ވާ ދުވަހުގެ 9:45 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.
މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 23 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 9:45 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
އިދާރީ އޮފީސް
އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ
ފޯނު ނަމްބަރ: 6580359/7835011
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
28 ރަބީޢުލް އާޚިރު 1442
13 ޑިސެމްބަރ 2020