މަސައްކަތް
ނަންބަރު: GS123/SR/IUL/2020/06
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި:
21 ޑިސެންބަރު 2020 14:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: GS123/SR/IUL/2020/06
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2021 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިސްކޫލުން 7 ޑިސެމްބަރ 2020 ގައި، 2021 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS123/SR/IUL/2020/04 ގެ އިޢުލާނުގައި ލިޔުމުގެ ކުށެއް ހިމެނިފައިވާތީ، ދެންނެވި ނަމްބަރ އިޢުލާނު ބާޠިލުކޮށް ސެކިއުރިޓީ ބެލެހެއްޓުމަށް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެމްބަރ 13 އިން 2020 ޑިސެމްބަރ 21 އަށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2020 ޑިސެމްބަރ 22 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އިދާރާގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ، އެކަމެއް 2020 ޑިސެމްބަރ 23 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލްއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 24 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލުގައެވެ.
- މިބީލަމާގުޅޭ ބީލަންފޮތާއި، ބީލަން ހުށަހަޅާފޯމު، މިކަމަށް މަޢުލޫމާތު ދޭ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަމްބަރ: 6580359/7835011
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
28 ރަބީޢުލް އާޚިރު 1442
13 ޑިސެމްބަރ 2020
13 ޑިސެންބަރު 2020