ދިވެހިރާއްޖެ
މަޤާމް :އެގްޒާމް އިންވިޖިލޭޓަރ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :20 | |||||||||||||||||||||||
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ރީސިޓް އިމްތިޙާނު މާލޭގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ. މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 2 ވަނަ ޓަރމްގެ ރީސިޓް އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.
ނޯޓް: މިއިޢުލާނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު: MNU-CA-EX-2020-1 ބާތިލް ކުރުމަށްފަހު ކުރެވޭ އިޢުލާނެކެވެ. ކުރީގެ ނަންބަރު: MNU-CA-EX-2020-1 އިޢުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން މި އިއުލާނުގައިވާ މަގާމަށް ޝައުގުވެރިވެލައްވާނަމަ އަލުން ފޯމް ހުށަހެޅުއްވުން އެދެމެވެ. |