ޢާންމު މަޢުލޫމާތު
ނަންބަރު: F4/IL/2013/15
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 21:21
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެހިކަލެއް ގަތުމާބެހޭ

މިކުންފުންޏަށް 16-20  ސީޓުގެ ވެހިކަލެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު F4/IL/2013/08 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިވެހިކަލް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އެޕްރީލް 2013 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކުންފުނީގެ އިދާރީ އޮފީހަށް (ޑޮމެސްޓިކް ޓަރމިނަލްގެ ދެކުނު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އެޕްރީލް 2013 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ.

           

23 ޖުމާދަލްއޫލާ 1434

04 އޭޕްރިލް 2013