ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2020/108
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 17 ޑިސެންބަރު 2020 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު:MNU-HR/2020/108

ތާރީޚް: 10 ޑިސެންބަރު 2020

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އާރޓްސް (ކ. މާލެ)

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަސައްކަތު ގަޑި:

މެންދުރުފަހު 14:00 އިން ރޭގަނޑު 20.00 އަށް

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާގޮތުގެ މަތިން އޮފީސް ހުޅުވާލެއްޕުން.
  • ދަރިވަރުން ގެންނަ އެސައިންމަންޓްތައް ބަލައިގަނެ ލިސްޓް ތައްޔާރުކޮށް ލެކްޗަރަރުންނާ ހަވާލުކުރުން.
  • ޕާރޓްޓައިމް އަދި  ފުލްޓައިމް ލެކްޗަރަރުން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވުން.
  • ޕާރޓައިމް ލެކްޗަރަރުންގެ އެގްރީމަންޓްތައް ތައްޔާރުކޮށް އަދި ނަންގަވާ ގަޑިތަކުގެ ރެކޯޑް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން މަރުކަޒީ އިދާރާއަށް ފޮނުވުން.
  • ހަވާލުކުރެވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ އަދި ބައްދަލުވުން ބޭއްވުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  • ކޯސްތަކާ ބެހޭގޮތުން ދަރިވަރުން ފޮނުވާ ލިޔެކިޔުންތައް ލިބުމުން، ކަމާގުޅޭ ކޯޑިނޭޓަރެއްގެ އިރުޝާދުގެ ދަށުން އެކަން ކުރިޔަށް ގެންދިއުން.
  • އޮފީހުން ހަމަޖައްސާ ގޮތުގެ މަތިން އިތުރު ގަޑީގެ ޑިއުޓީއަށް ނިކުތުން.
  • ލޮކަރދޫކުރުން / ލޮކަރބެލެހެއްޓުން.
  • ދަރިވަރުންގެ ހާޟިރީ ފައިލް ތައްޔާރުކުރުން.
  • ލެކްޗަރަރުންނަށް ރިސަރޗްގައި އިދާރިގޮތުން އެހީތެރިވުން.
  • ކައުންޓަރު ބެލެހެއްޓުމާއި ފޯނަށް ޖަވާބުދިނުން.
  • މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2020 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް

http://bit.do/MNU-HR-2020-108

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ  ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

 

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345136 ނަމްބަރު ފޯނާއެވެ.
10 ޑިސެންބަރު 2020