ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)410-A/410/2020/40
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 20 ޑިސެންބަރު 2020 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތަށް ވަގުތީ މުވައްޒަފުން ނެގުމާއިބެހޭ

މިސްކިތަށް ވަގުތީ މުވައްޒަފުން ނެގުމާއިބެހޭ

 

1- މަޤާމުގެ ނަން:އިމާމް( ވަގުތީ )

2- ބޭނުންވާ ޢަދަދު:01

 

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން:

 

1- މަޤާމް އޮތް އޮފީހުގެ ނަން:        ހުވަދޫއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

2- ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:   އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

3- ވަޒީފާ އަދާކުރަންޖެހޭ ތަން:       މަސްޖިދުއްތަރާޙުމް / ގއ. ދާންދޫ

 

03-އުޖޫރަ ހަމަޖެހިފައިވާ ގޮތް:

-    އިމާމު ޖީއެސް 3 ގެ ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް ލިބޭނީ 61.00 ރުފިޔާ

-     މުދިމް ޖީއެސް 1 ގެ ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް ލިބޭނީ 53.00 ރުފިޔާ

 

04- މަސައްކަތް ކުރަންޖެހޭ ވަގުތު:

-   މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތަކީ ކޮންމެ ނަމާދު ވަގުތަކަށް ގަޑިއެއްގެ އިރު،  މި ގޮތުން ދުވާލަކު  5 ގަޑިއިރު

-   ހުކުރު ނަމާދާއި ދެޢީދު ދެނަމާދު ވަގުތަށް މިސްކިތަށް ޙާޟީރުވެ ބަންގި ބަންގި ގޮވުން

-   ކޭތަނަމާދާއި ކަށުނަމާދު ކުރަން އަންގައި ފިނަ އެ ނަމާދު ތައް ކުރުމާއި އަދި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

 

05-މަޤާމުގެ މަޞްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ

 

1

މިސްކިތު އިމާމުގެ ޙައިޘިއްޔަތުން ހަވާލުކުރެވޭ މަޞްޢޫލިއްޔަތާއެކު، މިސްކިތު މަސައްކަތު މީހުންގެ މަސައްކަތް ބަލައި ރަނގަޅުކުރަން ހުންނަ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދިނުމާއި، އެމަސައްކަތް ކުރުވުމާއެކު މިސްކިތް ބެލެހެއްޓުމުގެ އިސް މުވައްޒަފުގެ ޙައިޘިއްޔަތުން މިސްކިތުގެ މަސައްކަތު މީހުން ކުރާ މަސައްކަތް ސުޕަވައިޒު ކުރުން.

2

ނަމާދު ވަގުތަށް ފަރުވާތެރިވެ، ކޮންމެ ދުވަހަކު ފަރުޟު ފަސްނަމާދާއި ހުކުރުނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ފަރުޟު ފަސް ނަމާދުކުރުން.

3

މިސްކިތައް ދަތިވާ ހުރިހާކަމެއްކައުންސިލްގެ އިދާރާއަށް އަންގައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން

4

ރަމަޟާންމަހު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރުން.

5

އިމާމުވެ ހުކުރުނަމާދައި ކޭތަނަމާދާއި ޢީދުނަމާދު އަދި ކަށުނަމާދު ކުރުން.

6

އިމާމެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ އަޚުލާޤީ މިންގަޑާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

7

މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަންކައުންސިލްގެ އިދާރާއަށްއަންގައިގެން ރަނގަޅުކުރުން

8

މިސްކިތުގައި ކުރަންޖެހޭ ކަށުނަމާދު ކުރުމާއި ބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

9

މިސްކިތު މަސައްކަތު މީހުން ލައްވާ ކޮންމެ ނަމާދުވަގުތެއްގެ 15 މިނިޓް އިރުގެ ކުރިން މިސްކިތް ސާފުކުރުވުން

10

މިސްކިތު މަސައްކަތު މީހުން ލައްވާ އެމީހުންނާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރުވައި މިސްކިތުގެ ވަޅުތަކާއި ފާޚާނާތަކާއި އަދި ގޯތި ތެރެއާއި މިސްކިތް ސާފުތާހިރުކޮށް ބެލެހެއްޓެވުން

11

މިސްކިތުގެ އިމާމުކައުންސިލްގެ އިދާރާއަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމުމީހާއަށް ކަމެއްދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރި ވެއްޖެނަމަ އެދުވަހުގެ ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށްފައިވާ އިމާމުމީހާގެ ޒިންމާއެކެވެ. މިގޮތުން ހަވާލުކުރައްވާ އިމާމަކީ ތަޖުވީދު މަގުން ޤުރުއާންކިޔަވަން އެނގޭ މީހަކަށް ވުމާއި، ރީތިކޮށް ބަންގި ގޮވަން ދަންނަ މީހަކު ކަމުގައި ވާންވާނެއެވެ.

12

ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ކައުންސިލްގެ އިދާރާގައި އޮންނަ މުވައްޒަފުން ސޮއިކުރާ ފޮތުގައި ސޮއި ކުރައްވަން ވާނެއެވެ.

13

މިސްކިތުގައި ޤްރުއާން ކްލާސްތައް ހިންގުމަށް ހަމަޖައްސައިފިނަމަ އެ ކްލާސް ހަމަޖެހިފައިވާ ޤަޥާއިދުން ކުރިއަށް ގެންދިއުމާއި ކްލާހުން ކިޔަވާ ކުދީންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިކޮށް އަޚުލާޤީ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން

14

މީގެ އިތުރުންވެސް ކައުންސިލްގެ އިދާރާއިން މަޤާމާއި ގުޅޭގޮތުން ހަވާލުކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުން.

15

އެއްވެސް ސަބަބަކާއިހުރެ މިސްކިތު މަސައްކަތު މީހުން ޙާޟިރުނުވާ ވަގުތެއްގައި ނަމަ، މިސްކިތުގެއިމާމު މިސްކިތް ސާފުކުރުމާއި އަދި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިންވުމާއި، މިސްކިތުގެ ދޮރުތައްލެއްޕުން.

16

މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި ނިމެންދެން މިސްކިތުގައި މަޑުކުރުން. އަދި ދީނީ ދަރުސް ދިނުމުގެ ރެކޯޑް ތައް (ދީނީ ދަރުސް ދެއްވި ތާރީޚާއި އަދި މަޢުޟޫޢު އަދި ދަރުސް ދެއްވި ބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް އެގޭގޮތަށް ފޮތެއްގައި ލިޔެ)  އެރެކޯޑްތައް ބަލަހައްޓައި ކޮންމެ ނިމޭ މަހެއްގެ 16 އިން ހިގާމަހުގެ 15 އަށް ރިޕޯރޓް ތައްޔާރުކޮށް ކައުންސިލްގެ އިދާރާއަށް ހުށަހެޅުން ( ރިޕޯރޓް ތައްޔާރުކުރުމުގައި ކައުންސިލްގެ އިދާރާގެ އެއްބާރުލުން ހޯދުން)

17

މިދެންނެވި ޚިދުމަތްތަކާއި ގުޅިގެން ދާންދޫ ކައުންސިލްގެ މަޝްވަރާގެ މަތިން ޢާންމުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި ހޯދަންޖެހޭ މައުލޫމާތު ހޯދާ އެކަންކަން ބެލެހެއްޓުން.

18

މި ޚިދުމަތްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވާ އަދި ހާމަ ކުރަންޖެހޭ އެންމެހާ މައުލޫމާތާއި ލިޔުންތައް ހާމަ ކުރާނީ އެވަގުތަކު ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިޔަކު ލައްވައި ސޮއިކުރުވައި އަދި އިދާރާގެ ސިއްކަ ޖަހާފައިވާ ލިޔުމަކުންނެވެ.

19

އެއްވެސް ނޫސް މަޖައްލާއަކަށް ނުވަތަ ރޭޑިއޯ ޓީވީ ޗެނެލަކަށް ރަސްމީގޮތުން މައޫލާތު ދެއްވާނަމަ އެމައުލޫމާތެއް ދެއްވަންވާނީ ކައުންސިލްގެ އިދާރާ ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއަކާއި މަޝްވަރާކޮށް އެފަރާތަކުން ދެއްވާ ލަފާގެ މަތީންނެވެ.

20

މިސްކިތަށް ހޯދަންޖެހޭ ތަކެތި ބަޖެޓުގައި ހިމެނުމަށް ކައުންސިލްގެ ބަޖެޓް ހެދުމުގެ މަރުހަލާގައި، ކައުންސިލްގެ އިދާރާގެ ފައިނޭންސް އާއި ބެހޭ ބަޔަށް އެ މައުލޫމާތު ފޯރުކޮށްދިނުން.

21

މިސްކިތް ބެޖެހެއްޓުމުގެ މަސައްކަތާއި ގުޅިގެން އަންނަ ސިޓީ މެސެޖްތަކާއި އަދި ފޮނުވާ ސިޓީ މެސެޖްތަކާއި އަދި ރިޕޯރޓްތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގައި މިސްކިތުގެ މަސައްކަތް ކުރާ އިސް މުވައްޒަފުގެ ޙައިޘިއްޔަތުން ކައުންސިލްގެ އިދާރާއަށް އެއްބާރުލުންދީ އިދާރީ މަސައްކަތެއް ކުރުމަށް ކައުންސިލްގެ އިދާރާއިން އެދިއްޖެނަމަ އެކަން ކުރުން.

22

އިންސާފު ވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި،  ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

23

ކައުންސިލްގެ އިދާރާގެ ހުރިހާ ޔުނިޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އަދި ކައުންސިލަރުންނާއި ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތް ކޮށް، އަދި މަސައްކަތް ކުރެވޭ މާހައުލަކީ ހިތްހަމަ ޖެހިގެން ރަނގަޅުފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދޭ މާހައުލަކަށް ހެދުމަށް މަސައްކަތް ކުރުން.

24

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކުގެ ތެރެއިން ޔުނިޓާއި ހަވާލު ކުރައްވާ މަސައްކަތްތައް ކުރާނެ ވަކި މުވައްޒަފަކު ނެތުމުގެ ސަބަބުން، ކުރުމަށް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.

25

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަޥާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި، ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.

 

06 -ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-      މި މަޤާމަށް މީހުން އައްޔަން ކުރުމަށް ސިވިލްސަރވިސް އިން ކަނޑައަޅާފައިވާ ކްރައިޓީރިއާއި އެއްގޮތަށް އެފަރާތަކަށް ލިބޭ މާކްސްގެ ނަތީޖާއެއްގެ މައްޗަށް

2-      މި މަޤާމަށް މީހަކު ނެގުމުގައި މަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން މެރިޓް އުޞޫލުން އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

 

07- އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

  • ·        މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއު ކުރުން އޮންނާނީ،ދާންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާދުވަހެއްގައި އެ އިދާރާގައިއެވެ.

08-މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ·        މި ވަޒީފާއަށްޝައުޤުވެރިވާ ޝަރުޠު ހަމަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު އެ ތަކެއްޗާއެކު 20 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހު 14:00ގެ ކުރިން،ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ދެންނެވީމެވެ.

09-ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

1-   ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު، ( މި އެޕްލިކޭޝަން ފޯމް (www.dhaandhoo.gov.mv) މި ސައިޓުން (ދާންދޫ ކައުންސިލްގެ އިދާރާގެ ސައިޓުން) ނުވަތަ މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) އަދި ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖައްސަވައި ވެރިއެއްގެ ސޮއިކޮށްފައިވާ އަޞްލު)

3-   ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4-   ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްޢޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް  (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖައްސަވައި ވެރިއެއްގެ ސޮއިކޮށްފައިވާ އަޞްލު)

5-   ދިވެހި ރައްޔިތެއްކަމަށް އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖައްސަވައި ވެރިއެއްގެ ސޮއިކޮށްފައިވާ އަޞްލު)

6-   ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

7-   ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

8-   ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ " މުވައްޒަފު މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތުގެ އަޚުލާގު ހުރިގޮތް ބަޔާން ކުރާ ފޯމް "

 

10-އިތުރު މަޢުލޫމާތު ސާފުކުރުން:

 

  • މި މަޤާމުގައި މަސައްކަތްކުރާ މުދިމުން މަސައްކަތް ކުރަންޖެހޭނީ މިސްކިތު މުދިމު މީހާ ޗުއްޓީއަށް ދިއުމުންނާއި މިސްކިތުގެ މުދިމަކު ނެތި ދާ ހާލަތުގައެވެ. މި އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނަންބަރު:6820026ފޯނާއެވެ.  އަދި ފެކްސް ނަންބަރަކީ 6820126 އެވެ. މެއިލް ކުރައްވާނީ: [email protected]މި އީމެއިލް އެޑްރެހަށެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2020