ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-51/INDIV/2020/17
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 20 ޑިސެންބަރު 2020 14:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ/ ނައިފަރު-ދަނާލު

ވަޒީފާގެ ފުރުޞަތު:

ނަންބަރު: (IUL)GS-51/INDIV/2020/17

ތާރީޚް: 9 ޑިސެމްބަރ 2020

01

ބޭނުންވާ އަދަދު:

މެއިންޓަނަންސް އޮފިސަރ/ ނައިފަރު-ދަނާލު

މަޤާމް:

މަހަކު 1,500/- ރ

ސަރވިސް އެލަވަންސް:     

މަހަކު4,465/-  ރ

މުސާރަ:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ދަށްވެގެން %70 ލިބުމުންނެވެ.)

މަޤާމުގެ ގިންތި:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުމާއެކު ޢުމުރުން 20 އަހަރާއި 50 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
  • ގްރޭޑް7ގެ ފެންވަރަށް ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކުކަމުގައިވުން ނުވަތަ ފެންވަރު ބެލުމުގެ ގޮތުން ދެވޭ ޓެސްޓުން ފާސްވުން.

މަޤާމުގެ ޝަރުތު:

  • ·      މި މަޤާމަށް މީހަކު ހޮވުމުގައި ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ކުރެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ސްޓޮކް ބެލެހެއްޓުމާއި އިންވެނޓްރީ ބެލެހެއްޓުމުގެ ހުނަރު ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކޮށްގެން އާދައިގެ ސިޓީއެއް ނޯޓެއް ލިޔެލާން އެނގުމާއި ތަކެތީގެ އަގު ލިސްޓެއް ތައްޔާރުކޮށްލާން އެނގުން
  • އިލެކްޓްރިކް އާއްމު ފިކްސްޗަރުތައް ގުޅައިލަން އެނގުން
  • ޕްލަމްބިންގެ މަސައްކަތް މަރާމާތުކޮށްލަން އެނގުން
  • ފެންމޯޓަރ، ފެންޕަމްޕު ފަދަ ތަކެތި ބޭނުންކުރުމާއި ކުދިމައްސަލަތައް ހައްލުކުރަން އެނގުން
  • ·      ކަސްޓަމަރުންނާ ރަނގަޅު ގޮތުގައި މުޢާމަލާތުކުރަން އެނގުން.

ދަނާލު އިމާރާތް ބެލެހެއްޓުމާ ގުޅޭގޮތުން އިލެކްޓްރިކާއި، ޕަލްމްބިންގ މަސައްކަތުގައި ކުރަންޖެހޭ ކުއްލި މަރާމާތާއި، އިމާރާތުގެ އެތެރެއާއި ގޯތި ތެރެ ކުނިކަހައި ފޮޅައި ސާފުކޮށް ބޭއްވުމުގެގޮތުން ކުރަންޖެހޭ އާއްމު މަސައްކަތްތަކާއި، މިކަންކަމާގުޅިގެން އިދާރީގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔެ ބެލެހެއްޓުމާއި، ދަނާލުގެ މުދަލާއި ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި،ތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތްތައް ދަނާލުބޯޑުން ހަމަޖައްސާ އުސޫލުގެ ދަށުން، ހަމަޖައްސާ ދަންފަޅިއެއްގައި ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ގަޑިއަކަށް -/10ރުފިޔާގެ ރޭޓުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

  • ވަޒީފާއަށް އެދޭ ސިޓީ
  • ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ  ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ވަޒީފާއެއް އަދާކުރައްވާފައިވާނަމަ، ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

  • މި ވަޒީފާއަށް ގިނަ ފަރާތްތަކުން ކުރިމަތި ލައިފިނަމަ މީހަކު ހޮވާނީ ދަނާލުބޯޑުން އިންޓަވިއުކުރުމަށްފަހު ޝަރުޠު ހަމަވާ މިންވަރަށާއި، މަސައްކަތަށް ޤާބިލް މިންވަރު ބަލައިގެންނެވެ.

ވަޒީފާއަށް ހޮވާނެގޮތް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20  ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މަދްރަސަތުލް އިފްތިތާޙްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620009 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

-          މި ވަޒީފާއަށް އެދޭ ފޯމް މި އިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި މަދަރުސާގެ އިދާއިން ލިބެން ހުންނާނެއެވެ.

 

 
 
09 ޑިސެންބަރު 2020