މަސައްކަތް
ނަންބަރު: (IUL) 266-A/266/2020/148
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 27 ޑިސެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 17 ޑިސެންބަރު 2020 14:45 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 (ބުރާސްފަތި) ދުވަހުގެ 08:00 ން ފެށިގެން 16 ޑިސެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ކައުންސިލް އިދާރާއަށް ވަޑައިގެންވެސް ނަންނޯޓް ކުރުން ކުރިއަށް ގެންދެވޭނެއެވެ.

  •  މައުލޫމާތު ދިނުން – 20 ޑިސެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 11:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 27 ޑިސެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 11:00 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

09 ޑިސެންބަރު 2020