މަސައްކަތް
ނަންބަރު: 480/IUL/2020/41
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 17 ޑިސެންބަރު 2020 09:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

     ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވެބްސައިޓް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެންބަރު 2020 ގެ  09:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2020 ގެ 09:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

09 ޑިސެންބަރު 2020