ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3B/426/2020/394
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:12
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ޢާންމު ކުރުން

     އިޢުލާން

އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަމްބަރ (IUL)426-AB/426/2019/264 (29 ޖުލައި 2019) އިޢުލާން އާއި ގުޅިގެން އައްޑޫސިޓީގެ މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 30 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމް ތައް އިވެލުއޭޓް ކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް ޢާއްމުކުރުމަށް ފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން، ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަށްކޮށް،ގޯތްޗަށް އެދުނު ފަރާތް ތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓް މި އިޢުލާނާއި އެކު ޢާއްމު ކުރީމެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މި އިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

     ޕޮއިންޓްގެ ގޮތުން އެވަރުވާ ފަރާތްތަކުގެ މެދުގައި ގުރުޢަތު ލުމަށް ފަހު ގޯތި ލިބޭ 30 ފަރާތުގެ ލިސްޓް ޢާއްމު ކުރެވޭނެއެވެ.

     އަދި ދެމަފިރިން ގޯތިލިބޭ ވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ގޯތި ލިބޭނީ ދެމަފިރިންކުރެ ކޮންމެވެސް އެއްފަރާތަކަށެވެ. މިކަން ނިންމާނީ ދެމަފިރިންގެ މެދުގައި މަޝްވަރާ ކުރުމަށް ދެފަރާތް އެއްބަސް ވާގޮތެއްގެ މަތިން އައްޑޫސިޓީ ކައުންސިލުންނެވެ.

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް

24 ރަބީޢުލްއާޚިރާ    1442                                                                    

09 ޑިސެންބަރު 2020