ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު:WAMCO-LOG/IUL/2020/029
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް 2 ޓަނުގެ އައު ޕަވަރގޭޓް ޓްރަކް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
2020 ޑިސެމްބަރ 01 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރީކޮންޑިޝަންޑް ޕަވަރގޭޓް ޓްރަކްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރ WAMCO-LOG/IUL/2020/026)ގެ ސްޕެސިފިކޭޝަން ބަދަލުވުމާއި ގުޅިގެން ދެންނެވުނު އިޢުލާން ބާތިލް ކޮށް، ތިރީގައި މި ދަންނަވާ ވެހިކަލްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
-އައު ޕަވަރގޭޓް ޓްރަކް (2 ޓަން) - 02
ބީލަން ހުށަހަޅުއްވާއިރު މައުލޫމާތު ކަރުދާހުގައިވާ އިރުޝާދާއި އެއްގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000.00 (ތިރީސް ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމުގެ މުއްދަތު ހަމަވާ ތާރީޚުން (ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް: 45ދުވަސް) ފެށިގެން މަދުވެގެން 30 ދުވަހުގެ މުއްދަތެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި "ބޭންކް ގެރެންޓީ ސިޓީ" ، "ބޭންކް ގެރެންޓީ ޗެކް" އަދި މޮލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރެޖިސްޓަރ ކުރެވިފައިވާ އިންޝުރެންސް ކުންފުނި ތަކުގެ އިންޝުރެންސް ޕޮލިސީ ޤަބޫލުކުރެވޭނެއެވެ.
ވީމާ، މި ބީލަމުގެ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޙުގައި، ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ދުވަސް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
10 ޑިސެމްބަރ 2020(ބުރާސްފަތި) |
11:00 (ހެނދުނު) |
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
އަންދާސީ ހިސާބު ހުށަހެޅުން |
17 ޑިސެމްބަރ 2020(ބުރާސްފަތި) |
11:00 (ހެނދުނު) |
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ކަރުދާސް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
https://wamco.com.mv/download/tor-2-ton-brand-new-power-gate-truck.pdf
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ، ފެކްސް ނަންބަރު: 3000584
23 ރަބީޢުލް އާޙިރު 1442
08 ޑިސެމްބަރ 2020