ދިވެހިރާއްޖެ
މަޤާމް :ޑާޓާ އިންވެންޓްރީ (ވޮލަންޓިއަރކޮށް) | |
---|---|
ބޭނުންވާ އަދަދު :2 | |
މި ހޮސްޕިޓަލުގައި ޑާޓާ އިންވެންޓްރީގެ މަސައްކަތްކުރާނޭ ފަރާތްތައް (ވޮލަންޓިއަރކޮށް)ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލްގެ ސްޓޯރުގައި ޑާޓާ އިންވެންޓްރީގެ މަސައްކަތްތައް ވޮލަންޓިއަރކޮށް ކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.
ބޭނުންވާ އަދަދު: 2 (ދޭއް)
މަސައްކަތްކުރަޖެހޭ ގަޑި : ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް
ޝަރުތު: ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.
މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:
1- ދަރުމަވަންތަ ހޮސްޕިޓަލަށް އަދި އައި.ޖީ،އެމް.އެޗް އަށް ގެންނަ ހަރުމުދާ ސިސްޓަމް އަށް އެންޓަރކުރުން.
2- ގެނެވޭ މުދަލުގައި ނަމްބަރ ޖަހާ އިންވެންޓްރީ އާއި ގުޅޭ ހުރިހާ މަސައްކަތެއް ކުރުން.
3- ހަރުމުދާ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުން އެގެނެވޭ ބަދަލުތައް ސިސްޓަމް އަށް އަޕްޑޭޓް ކުރުން
4- މީގެ އިތުރުން ވެސް ސެކްޝަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައްް ކުރުން.
ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު ސިޓީއަކުން 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00[email protected] އަށެވެ.
- ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕާސްޕޯޓް ސައިޒްގެ ފޮޓޯ (ވައިޓް ބެކްރައުންޑް)
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.
- · ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
23 ރަބީއުލްއާޚިރާ 1442
8 ޑިސެމްބަރ 2020