ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 13:35
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލް

ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލް

  1. ތަޢާރަފާއި ނަން

1.1.   މިއީ ޤާނޫނު ނަމްބަރު 2010/07 (ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107-1 ވަނަ މާއްދާގެ (ބ) ގެ ދަށުން، ށ.ކަނޑިތީމުގައި ދިރިއުޅޭ ރައްޔިތުންނާއި މަޝްވަރާކޮށް ހިޔާލާއި ލަފާ ކައުންސިލްގެ މުހިންމު ނިންމުންތަކުގައި ހޯދުމަށާއި، އެ ރައްޔިތުން އެދި ހުށަހަޅާ ކަމަކަށް ނުވަތަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޯށް  ލަފާ ހޯދުމަށް ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްއިން ޢަމަލު ކުރާނެ އުޞޫލެވެ.

1.2.   މިއުޞޫލަށް ކިޔާނީ "ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލް" އެވެ.

1.3.   މި އުޞޫލުގެ ބޭނުމަށް އާއްމުކޮށް ދިރިއުޅޭ އާބާދީ ކަމަށް ބަލާނީ ޤާނޫނު ނަމްބަރު: 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ކައުންސިލްތަކަށް ބެލެހެއްޓުމަށް ޒިންމާކޮށްފައިވާ ށ.ކަނޑިތީމު ރަށްވެހިވެފައިވާ އާބާދީގެ ތަފާސްހިސާބަށެވެ.

 

  1. 2.      މަޤްޞަދު

މި އުޞޫލުގެ މަޤްޞަދަކީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން، ކައުންސިލުން ނިންމާ މުހިއްމު ނިންމުންތަކާއި އަދި ރައްޔިތުންގެ އެދުމުގެ މަތިން، އެރައްޔިތުން އެދި ހުށަހަޅާ ކަމަކަށް ނުވަތަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލާއި ލަފާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހަމަޖެއްސުމުގެ އިންތިޒާމާއި، ކުރިއަށް ގެންދާނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ވޯޓަށް އެހުމުގައި އަމަލު ކުރާނެ ގޮތް، އެއް އުޞޫލެއްގެ މަތިން ބޭއްވުމަށް މަގުފަހިކުރުމެވެ.

 

  1. 3.      ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކުރުން

3.1.   ށ.ކަނޑިތީމު ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން މަޝްވަރާ ބައްދަލުވުމެއް މަދުވެގެން އަހަރަކު 4 (ހަތަރެއް) މަހަކުން އެފަހަރަކު ބާއްވަންވާނެއެވެ.

3.2.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭނީ އެ ކައުންސިލެއްގެ އިޚްތިޞާސްގައި ހިމެނޭ ކަންކަމާއި ގުޅުންހުރި ކަންކަމުގައެވެ.

3.3.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ވަކި އަދަދެއްގެ ރައްޔިތުން ބައިވެރިވުން ލާޒިމެއް ނޫނެވެ.

3.4.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި، ކަނޑިތީމުގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ތަނަކާއި ވަޤުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިޔަތުކަން ދޭންވާނެއެވެ.

3.5.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލްގެ ރައީސް ކަނޑައަޅާފައިވާ ކައުންސިލްގެ މެންބަރެކެވެ.

 

  1. 4.      ރައްޔިތުންގެ އެދުމުގެ މަތިން ބައްދަލުވުމެއް އިންތިޒާމްކުރުން

4.1.   ށ.ކަނޑިތީމުގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން 50 މީހުން ނުވަތަ އާއްމުކޮށް ދިރިއުޅޭ އާބާދީގެ 20 އިންސައްތަ ރައްޔިތުން (މި ދެއަދަދަށް ބަލާ މީގެ ތެރެއިން މަދު އަދަދެއްގެ ރައްޔިތުން) ކައުންސިލްގެ އިޚްތިޞާސް ހިމެނޭ ކަމަކާއި ނުވަތަ ކަންތައްތަކަކާއި ގުޅިގެން ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ފާޅުކުރުމަށް އާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް އެދެފިނަމަ އެކަމެއް ނުވަތަ އެކަންކަމާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަންވާނެއެވެ.

4.2.   ކައުންސިލްގެ މަޝްވަރާ ބައްދަލުވުމެއް އިންތިޒާމުކޮށްދިނުމަށް ރައްޔިތުން އެދެންވާނީ، އެ ބައްދަލުވުން ބޭއްވުމަށް ރައްޔިތުން ބޭނުންވާ، އާއްމު މަސްލަހަތާއި ގުޅުން ހުރި ސަބަބު ބަޔާންކޮށް، މި މާއްދާގެ (4.1) އިން ކަނޑައަޅާފައިވާ އަދަދަށް ރައްޔިތުން ހަމަވާ މި އުޞޫލުގެ ޖަދުވަލު 1 (އެކެއް) ގައި ހިމަނާފައިވާ ނަމޫނާ ޕެޓިޝަނާއި އެއްގޮތަށެވެ. މިލިޔުމުގައި ބައްދަލުވުން ބޭއްވުމަށް އެދި ހުށަހަޅާ ރައްޔިތުންގެ ނަން، އުޅޭ އެޑްރެސް، ގުޅޭ ނަންބަރު އަދި ސޮއި ހިމަނަންވާނެއެވެ.

4.3.   މިމާއްދާގެ (4.1) އަދި (4.2) އިން ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަކޮށް ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން އެދޭތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލައިގެން، ބައްދަލުވުމެއް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަންވާނެއެވެ.

4.4.   ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގައި، ކަނޑިތީމުގައި އާއްމުކޮށް ދިރިއުޅޭ އާބާދީގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ތަނަކާއި، ވަޤުތެއްގައި ބައްދަލުވުން ބޭއްވުމަށް ކައުންސިލުން އަޙައްމިއްޔަތުކަން ދޭންވާނެއެވެ.

4.5.   ރައްޔިތުންގެ އެދުމުގެ މަތިން ބާއްވާ ބައްދަލުވުމުގެ ރިޔާސަތަކީ ކައުންސިލްގެ ރައީސް، ނުވަތަ ކައުންސިލްގެ ރައީސް ކަނޑައަޅާފައިވާ ކައުންސިލްގެ މެންބަރެކެވެ.

4.6.   މި މާއްދާގެ (4.1)ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރައްޔިތުންގެ އެދެމުގެ މަތިން ބާއްވާ ބައްދަލުވުމުގައި ވަކި އަދަދެއްގެ ރައްޔިތުންގެ ބައިވެރިވުން ލާޒިމެއް ނޫނެވެ.

 

  1. 5.      ބައްދަލުވުމުގެ އެޖެންޑާ އެކުލަވާލުމާއި މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުން

5.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ސަރުކާރުގެ އޮފީސްތަކުންނާއި، ކައުންސިލްގެ މެންބަރުންނާއި، ކައުންސިލް އިދާރާއިން އަދި އަމިއްލަ ފަރާތްތަކުން މަޝްވަރާ ކުރުމަށް އެދި ކައުންސިލް އިދާރާއަށް ހުށަހަޅާ ކަންތައްތައް ހިމަނައިގެން ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކުރަންވާނެއެވެ.

5.2.   ބައްދަލުވުން ބޭއްވުމމަށް ކަނޑައަޅާ ތާރީޚުގެ 5 ދުވަސް ކުރިން އެޖެންޑާއާއި ބައްދަލުވުން ބާއްވާތަނާއި ގަޑި އަދި ބައްދަލުވުމުގައި މަޝްވަރާ ކުރާނޭ ކަންތައްތަކާއި ބެހޭ އެންމެހާ މަޢުލޫމާތު ކައުންސިލުން އާއްމުކޮށް އިޢުލާނުކުރަންވާނެއެވެ.

5.3.   ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަންވާނީ އެޖެންޑާ ކުރެވިފައިވާ ތަރުތީބުންނެވެ

5.4.   ބައްދަލުވުމުގެ ޔައުމިއްޔާގައި އެޖެންޑާ ކުރެވިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިއަށް ނުގެންދެވޭނަމަ، ދެން އެންމެ އަވަހަށް ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގެ އެޖެންޑާގައި އެކަމެއް ނުވަތަ ކަންތައްތަކެއް ހިމަނަންވާނެއެވެ. މިފަދަ ހާލަތުގައި އެކަމެއް ނުވަތަ ކަންތައްތަކެއް ބައްދަލުވުމުގައި ކުރިއަށް ނުގެންދެވުނު ސަބަބު ބައްދަލުވުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެކަމުގެ ތަފްޞީލާއި ސަބަބު ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

 

  1. 6.      ބައްދަލުވުން މޮޑަރޭޓްކުރުން

ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާކުރެވިފައިވާ ކަމަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށާއި ކުރިއަށް ގެންދިއުމަށް ފަންނީ ބޭފުޅެއް ކަނޑައެޅިދާނެއެވެ.

 

  1. 7.      ބައްދަލުވުމުގައި ވޯޓަށް އެހުން

7.1.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާ ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ ވޯޓަށް އަހާނަމަ، ވޯޓަށް އަހަންވާނީ، މަޝްވަރާ ކުރެވޭކަންކަން ކޮންމެ ކަމެއް ވަކި ވަކީންނެވެ. މިގޮތަށް ވޯޓަށް އެހުމުން ވޯޓް ދޭނީ އަތް އުފުލައިގެންނެވެ.

7.2.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ މެމްބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުން މޮޑަރޭޓްކުރާ ފަރާތް ބައިވެރިވެގެން ނުވާނެއެވެ.

7.3.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި ށ.ކަނޑިތީމުގައި ބައިވެރިވެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ކައުންސިލްގެ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް، ނުވަތަ ށ.ކަނޑިތީމުގައި ޢާއްމުކޮށް ދިރިއުޅޭ ފަރާތްތަކަށެވެ.

7.4.   މި މާއްދާގެ ދަށުން ނެގޭ ވޯޓުގައި، އެންމެ މަތިން ވޯޓް ލިބިފައިވާ 2 (ދޭއް) އިޙްތިޔާރު ނުވަތަ އެއަށްވުރެ ގިނަ އިޙްތިޔާރަށް އެއްވަރަކަށްނަމަ، އެންމެ ގިނަ ވޯޓު ލިބިފައިވާ އިޙްތިޔާރުތަކުގައި މެދުގައި އަލުން ވޯޓަށް އަހަންވާނެއެވެ.

7.5.   މި މާއްދާގެ (7.2) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މިމާއްދާގެ (7.4) އާއި އެއްގޮތަށް ނެގޭ ވޯޓުގައިވެސް، އެންމެ މަތިން ވޯޓު ލިބިފައިވަނީ 2 (ދޭއް) އިޙްތިޔާރަށް އެއްވަރަކަށްނަމަ، ކައުންސިލްގެ ރައީސް، ކައުންސިލްގެ މެމްބަރުން، ކައުންސިލްގެ މުވައްޒަފުން އަދި ބައްދަލުވުމުގެ މޮޑަރޭޓަކުރާ ފަރާތް، މި މާއްދާގެ (7.4) އާއި އެއްގޮތަށް ނަގާވޯޓުގައި، ވޯޓަށް އެހޭ އިޙްތިޔާތަކުގެ ތެރެއިން އެއް އިޙްތިޔާރަށް ވޯޓު ދޭންވާނެއެވެ.

7.6.   މި މާއްދާގެ (6.1) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ބައްދަލުވުމުގެ ބައިވެރިން ގިނަވުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކަށް، އަތް އުފުލައިގެން ވޯޓު ނެގުމަށް ދަތިވެދާނެކަމަށް ބައްދަލުވުމުގެ ރިޔާސަތަށް ޤަބޫލުކުރެވޭނަމަ، ވޯޓު ފޮށްޓާއި ވޯޓު ކަރުދާސް ބޭނުންކޮށްގެން ވޯޓު ނެގިދާނެއެވެ. މިފަދައިން ވޯޓުނަގާ ހާލަތުގައި، ވޯޓު ނެގުމަށް ބޭނުންކުރެވޭ ކަރުދާހުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ގޮތާއި ބައްދަލުވުމުގެ އެންމެހާ ބައިވެރިންނަށް ހަމަހަމަކޮށް ވޯޓުލުމުގެ ފުރުޞަތު ލިބިދޭކަން ބައްދަލުވުމުގެ ރިޔާސަތުން ކަށަވަރުކުރަންވާނެއެވެ. މިފަދައިން ނެގޭ ވޯޓު ކަރުދާސްތައް ގުނަންވާނީ ބައްދަލުވުމުގެ ބައިވެރިންގެ ހާޒިރުގައެވެ.

7.7.   ވޯޓު ނެގުމަށްފަހު، ނެގިފައިވާ ވޯޓު ތަފްޞީލާއި ވޯޓު ލިބިފައިވާގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ބައިވެރިންނަށް އިޢުލާންކުރަންވާނެއެވެ.

 

  1. 8.      ބައްދަލުވުމުގެ ހާޒިރީއާއި ޔައުމިއްޔާ  

8.1.   މި އިޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރީ ބަލަހައްޓަންވާނެއެވެ. އަދި ބައްދަލުވުމަށް ހުށަހެޅި މަޝްވަރާ ކުރެވުނު ކަންތަކާއި، ވަކިކަމަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެނިންމުންތައް ހިމެނޭގޮތަށް ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންނާއި، މަޢުލާތު ދިން ފަރާތްތަކާއި ހުށަހަޅައިދިން ފަރާތާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަޤުތު ސާފުކޮށް ޔައުމިއްޔާގައި ބަޔާންކޮށްފައިވާ އޮންނަންވާނެއެވެ.

8.2.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމެއްގައި ވޯޓު ނެގޭނަމަ، ނެގިފައިވާ ވޯޓުގެ ތަފްޞީލާއި، ވޯޓު ލިބިފައިވާ ގޮތުގެ ތަފްޞީލް ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ.

8.3.   މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގެ ޔައުމިއްޔާއާއި، ވަކިކަމަކާއި ގުޅޭގޮތުން ނިންމުންތަކެއް ނިންމައިފިނަމަ އެ ނިންމުންތައް، ބައްދަލުވުން ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޢާއްމުކޮށް ޝާއިޢުކުރަންވާނެއެވެ.

  1. 9.      މެމްބަރުންގެ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލު ކުރަންވީގޮތް

މި އުޞޫލުގެ ދަށުން ބާއްވާ ބައްދަލުވުމުގައި އެޖެންޑާކޮށް މަޝްވަރާކުރެވޭ އެއްވެސްކަމަކީ ވަކި މެމްބަރެއްގެ މަންމަ، ނުވަތަ ބައްޕަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ އަނބިމީހާ/ފިރިމީހާގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ ދަރިއެއް، ނުވަތަ މިނޫނަސް މެމްބަރަކާއި ގާތްތިމާގެ ކަމުގެ ގޮތުން މިފަދަ ގުޅުމެއް އޮތް ފަރާތެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެމްބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ހިމެނޭނަމަ އެ މެމްބަރަކު އެޖެންޑާގެ އެ ނަމްބަރަށް މަޝްވަރާކުރާއިރު އަދި އެކަމާއި ގުޅިގެން ނެގޭ ވޯޓެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މިކަން އެނގޭގޮތަށް ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކުރަންވާނެއެވެ.

27 އޮގަސްޓް 2020