ދިވެހިރާއްޖެ
ޕޯސްޓަލް ބޭންކިންގ އަދި ފައިނޭންޝިއަލް ސަރވިސް ގެ ޚިދުމަތް ޤާއިމުކުރުމަށް ކޮންސަލްޓަންޓަކު ހޯދުން
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި ޕޯސްޓަލް ބޭންކިންގ އަދިފައިނޭންޝިއަލްސަރވިސް ޤާއިމުކުރުމަށް ކޮންސަލްޓްންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމަށް ކުރި ނަންބަރު ADMHR-MPL/2020/46 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ޕްރޮޕޯސަލް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" މިއިއުލާނާއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ޕްރޮޕޯސަލް
- މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
- މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
- ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކަށްޕޮއިންޓްދޭނެމިންގަނޑު:
- މަސައްކަތުގެތަޖުރިބާ ( ކަނޑައެޅިފައިވާއިންސައްތަ 50)
- ތަޢުލީމާއިތަމްރީނު ( ކަނޑައެޅިފައިވާއިންސައްތަ 35)
- ހުށަހަޅާ އަގު ( ކަނޑައެޅިފައިވާއިންސައްތަ 15 )
އިތުރު މަޢުލޫމާތު ހޯދުމަށް:
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ހ.ޓޫ ސްޓަރ
މާލެ، ދިވެހިރާއްޖެ
ނަންބަރު: 9603315555+
އީމެއިލް: [email protected]