މަސައްކަތް
ނަންބަރު: F10C-A/2020/12
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 15 ޑިސެންބަރު 2020 10:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ކަރަންޓްވައިރު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: F10C-A/2020/11 ( 09 އޮގަސްޓް 2020 ) އިޢުލާނާގުޅިގެން، ދީފައިވާ މަޢުލޫމާތު ޝީޓްގައި،  އެފަދަ ފަންނީ މަސައްކަތަކަށް ބޭނުންވާނެ ބައެއް މަޢުލޫމާތުތައް ހިމެނިފައިނުވާތީވެ، މި މަސައްކަތް ކުރުމަށް މިހާރު ކޮށްފައިވާ މިކޯޓުގެ ނަންބަރު: F10C-A/2020/11 ( 09 އޮގަސްޓް 2020 )  އިޢުލާނު ބާޠިލްކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30އަށް މިކޯޓަށް ނުވަތަ ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ، އަމިއްލަފަރުދުންގެވިޔަފާރި ތަކުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ތަނުގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.    

07 ޑިސެންބަރު 2020