1.ރަސްމީގަޑީގައި ޞިއްޙީމަރުކަޒު ހުޅުވާ ލެއްޕުމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން އަދި ގަޑިޖެހިގެން އަންނަ މުވައްޒަފުންނާއިމެދު ފިޔަވަޅުއެޅުން .
2. އިންވެންޓްރީ ބެލެހެއްޓުން
3. ދުވަހުން ދުވަހަށް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމަށްފަހު ޤަވާއިދުން ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން
4. ތަނުގެ ބިލްތައް ދެއްކުމަށް ލިބޭ ފައިސާ ޞިއްޙީމަރުކަޒަށް ލިބުނުހާ އަވަހަކަށް އެފަރާތްތަކަށް ފައިސާ ދައްކާ ޙަލާސްކުރުން
5. ކޮންމެ މަހެއްގެ ބިލްތަކަށް ފައިސާ ހޯދުމަށްއެދި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ހޯދާ އެލިޔެކިޔުންތައް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހޮސްޕިޓަލްގެ ބަޖެޓް އަށް ފޮނުވުން
6. ފައިސާއާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން
7. ވަޒީފާއާއިބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން
8. އާސަންދައާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. ބިލްތައްޔާރުކުރުން ، ޓްރާންސެކްޝަން ހެދުން އަދި މީގެ އިތުރުންވެސް އާސަންދައާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން
9. ކޮންމެ އަހަރެއް ފެށުމުން ތަނުގެ ޚިދުމަތް ދިނުމަށް ދަތިނުވާނޭގޮތަށް އެއަހަރެއްގެ މުވައްޒަފުންގެ ޗުއްޓީޕްލޭން އެކުލަވާލުން
10. މުވައްޒަފުންގެ ފައިލް ބެލެހެއްޓުން އަދި ފައިލްގައި ހިމެނޭ މައުލޫމާތު ތަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުފެންނާނެގޮތަށް ބެލެހެއްޓުން އަދި އެފައިލުގައި ރައްކާކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުރިތޯ ކަށަވަރުކުރުން
11. އަޕްޑޭޓް ކުރަންޖެހޭ ލިޔެކިޔުންތައް ހަފްތާއަކު އެއްފަހަރު ބަލާ ޗެކްކޮށް އަޕްޑޭޓް ކުރުން
12. ޞިއްޙީމަރުކަޒުގެ ޔައުމިއްޔާ ކޮންމެދުވަހަކުވެސް ލިޔެ ތައްޔާރުކޮށް ފައިލްކުރުން
13. ޞިއްޙީމަރުކަޒަށް ގެންނަންޖެހޭ މެޑިކަލް ކޮންސިއުމަބަލްސް، އޮފީސް ރިކްވިޒިޓސް އަދި އެހެނިހެން ތަކެތި ގެނައުމާއި އަދި އެތަކެތީގެ ސްޓޮކް ގަވާއިދުން ބަލަހައްޓާ އެތަކެތީގެ ޝޯޓޭޖެއް ނާންނާނެފަދަ ގޮތަކަށް ކުރިއަށް ގެންދިއުން
14. ޞިއްހީމަރުކަޒުގައި ކުރަންޖެހޭ މަރާމާތްތަކުގެ ތަފްސީލުތައް ހޯދާ ކަމާއި ބެހޭ އިސްފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދުން
15. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވާ ޓީމުތަކުގެ މަސައްކަތުގައި ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެއްގެ ލަފާގެ މަތިން އެހީތެރިވެދިނުން
16. ބަންދުގަޑިތަކުގައި ދިމާވާ އެމަރޖެންސީ ކަންކަމުގައި ޞިއްހީމަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނަ ފަރާތަކާއި އެހީވުން
17. އާއްމުންނަށް އަންގަންޖެހޭ ލިޔެކިޔުންތައް އާންމުނަށް ފެންނާނެ ގޮތަށް ބެހެއްޓުން އަދި އެތަކެތީގެ ކޮޕީ ފައިލުކުރުން
18. ސިއްޙީމަރުކަޒުގެ ހިންގެވުމާއި ހަވާލުވާންޖެހޭ ދެވަނަ ފަރާތެއްގެ ހައިޞިއްޔަތުން ޞިއްޙީމަރުކަޒުން ފޯރުކޮށްދޭންޖެހޭ ޙިދުމަތްތައް ދިނުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން
|