މަސައްކަތް
ނަންބަރު: (IUL)231-AH/231/2020/38
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 16 ޑިސެންބަރު 2020 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރުގައި ތަރައްޤީ ކޮށްފައިވާ އޭ-ޒޯން ލައިސަންސް ދޫކުރާ ބިމާއި، އެބިމާއިން އިންވެގެންވާ މަގު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ޑޮކިއުމަންޓްސް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ  ސުންގަޑި: 

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00 އެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު، އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އީމެއިލް މެދިވެރިކޮށް ބީލަން ހުށަހަޅާނަމަ [email protected] އަށް 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00  ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހަޅާ އީމެއިލްގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

  • ބީލަން ހުޅުވުން އޮންނާނީ 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ  13:00 ގައި ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ  /  ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620118، ފެކްސް: 6620043                                                                                 

އީމެއިލް: [email protected]

06 ޑިސެންބަރު 2020