ޢާންމު މަޢުލޫމާތު
ނަންބަރު: (PP)271-ESMS/271/2018/3
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:51
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ވަޤުތީ ބިން ދޫކުރުމުގެ އުޞޫލް

ބަނދަރު ސަރަހައްދުން ވަގުތީ ބިން ދޫކުރުމުގެ އުޞޫލު

ތައާރަފާއި ނަން

1.

 

މިއީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ބަނދަރު ސަރަހައްދުން ވަގުތީ ބިންދޫކުރުމުގައި އަމަލުކުރުމަށް މިކައުންސިލުން ކަނޑައަޅާފައިވާ އުޞޫލެވެ. އަދި ބަނދަރު ސަރަހައްދުން ވަގުތީ ބިން ދޫކުރުމުގައި އަމަލުކުރަމުންދާނީ މިޢުޞޫލާއި އެއްގޮތްވާގޮތުގެ މަތީންނެވެ. އަދި މިއުޞޫލަށް ކިޔާނީ " ބަނދަރު ސަރަޙައްދުން ވަގުތީ ބިން ދޫކުރުމުގެ އުޞޫލު" މިއެވެ.

އުޞޫލު ހިންގާ ތަންފީޒުކުރާ ފަރާތް

2.

 

މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.

މަޤްސަދު

3.

 

މިއީ ށ.ކަނޑިތީމުގެ ބަނދަރު ސަރަހައްދުން ވަގުތީ ބިން ދޫކުރުމާއި އެބިމުން ނަފާއާއި ފައިދާގެ މިންވަރުތައް އިތުރުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެއް އުޞޫލަކުން ކުރިއަށް ގެންދިޔުމާއި ހަމަހަމަ ކަންމަތީ ހުރިހާ ފަރާތްތަކަކަށްވެސް ބަނދަރު ސަރަހައްދުން ބިން ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުލަވާލެވިފައިވާ އުޞޫލެކެވެ.

ޢަމަލުކުރަންފަށާ ތާރީޙް

4.

(ހ)

މިއުޞޫލަށް އަމަލުކުރަންވާނީ އުޞޫލު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލުން ފާސްކުރާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަސް ފަހުންނެވެ.

 

 

(ށ)

މިއުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ބަނދަރު ސަރަހައްދުން މިހާރު ދޫކުރެވިފައިވާ ބިންތައް މިއުޞޫލުގެ ތެރެއަށް ފެއްތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކޮށް ނިންމަންވާނެއެވެ.

ބިން ދޫކުރެވޭ ފަރާތްތައް

5.

(ހ)

މިއުޞޫލުގެ ދަށުން ބަނދަރު ސަރަހައްދުން ވަގުތީ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ތިރީގައި ބަޔާންކުރެވިފައި ކަންކަމަށް އެކަންޏެވެ.

(1) ކުލީ ދަތުރުކުރާ ރަށު ރަޖިސްޓްރީ އޮންނަ ލޯންޗް ފަހަރަށް ޕެޓްރޯލް ރައްކާކުރުމަށް. (3 ބިން)

(2) އޮޑިދޯނިފަހަރު ގެންގުޅުއްވާ ފަރާތްތަކަށް ތަކެތި ރައްކާކުރުމަށް. (5 ބިން)

(3) ވިޔަފާރި އުޞޫލުން ބިން ބޭނުންވާފަރާތްތަކަށް.(4 ބިން)

ނޯޓް: މިއުޞޫލުގެ 5ވަނަ މާއްދާގެ (ހ) 2،1 އަދި 3ވަނަ ނަމްބަރުގައި ދޫކުރަން ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރަށް ބިމަށް އެދި ހުށަހަޅައިފިނަމަ އެބިންތައް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ކައުންސިލުންނެވެ.

ބިންދޫކުރާ ސަރަޙައްދާއި

6.

(ހ)

މިއުޞޫލުގެ ދަށުން ދޫކުރެވޭނީ ގިނަވެގެން 450 އަކަފޫޓުގެ ( 15x30 ) 12 ބިމެވެ.

މުއްދަތާއި ކުލި

 

(ށ)

މި ބިންތަކަކީ ކުލިނަގާގޮތަށް 2 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ ބިންތަކެކެވެ.

 

 

(ނ)

މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިންތަކުގެ ކުއްޔަކީ މަހަކަށް 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ.

 

 

(ރ)

މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިންތަށް ދޫކުރާނެ ވަކި ސަރަޙައްދު (ބަނދަރު ސަރަޙައްދުން) ކަނޑައަޅާނީ ކައުންސިލް އިދާރާއިންނެވެ.

ބިމަށް އެދި ހުށަހެޅުމާއި އެއްބަސްވުން.

7.

(ހ)

މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިންތަކަށް އެދި ހުށަހަޅަންޖެހޭނީ ކައުންސިލުން އިޢުލާން ކުރުމުން އެ އިޢުލާންގައި ބަޔާންކުރެވިފައިވާ ގޮތެއްގެ މަތީންނެވެ.

 

 

(ށ)

މިއުޞޫލުގެ ދަށުން ދޫކުރެވޭ ކޮންމެ ބިމަކަށް ބިން ލިބުނު ފަރާތާއި ބިން ޙަވާލުކުރި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމެއް އޮންނަންވާނެއެވެ. އަދި މިއެއްބަސްވުންތަށް ރައްކާތެރިކަމާއިއެކު ބަލަހައްޓަންވާނެއެވެ.

ބިމުގެ ދަފްތަރު ބެލެހެއްޓުން

8.

 

މި ޢުޞޫލުގެ ދަށުން ދޫކުރެވޭ ބިންތަކަށް އަންނަނިވި މަޢުލޫމާތުތަށް ހިމެނޭގޮތަށް ބިމުގެ ރަޖިސްޓްރީއެއް އެކުލަވާލައި ލިޔެ ބަލަހައްޓަން ވާނެއެވެ.

(1)  ވަގުތީ ބިމުގެ ރަޖިސްޓްރީ ކުރާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް.

(2)  ބިން އޮތް ސަރަހައްދު

(3)  ބިން ބޭނުންކުރެވޭ ގޮތް

(4)  ބިމުގެ ބޮޑުމިން ( އަކަފޫޓުން)

(5)  ބިން ރަޖިސްޓްރީ ކުރެވުނު ތާރީޙް

(6)  ބިމުގެ މުއްދަތު ހަމަވާ ތާރީޙް

(7) ކުލީގެ ގޮތުގައި މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު

ކުލި ދެއްކުމާއި ޖޫރިމަނާ

9.

(ހ)

މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ބިންތަކުން ކުލީގެ ގޮތުގައި ކައުންސިލަށް ދެއްކުމަށް ކަނޑައެޅިފައިވާ ކުލި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ށ)

ކުލީގެ ގޮތުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖޫރިމަނާގެ ގޮތުގައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި ދައްކާފައިސާގެ އިތުރަށް ދުވާލަކަށް    -/10ރ (ދިހަ ރުފިޔާ) ގެ ރޭޓުން ފައިސާ ދައްކަންވާނެއެވެ. މި ގޮތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 3 މަސްދުވަހަށް ވުރެ އިތުރުވާނަމަ އެފަރާތަށް ގުދަން ހެދުމަށް ދޫކުރެވިފައިވާ ބިން އުވާލުމުގެ ބާރު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

 

 

(ނ)

މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިން ތަކަށް ކުލި ނަގަން ފެށޭނީ ގުދަންހެދުމުގެ މަސަކަތްކުރުމަށް ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ ދުވަހުން ފެށިގެންނެވެ.

 

 

(ރ)

މިއުޞޫލަށް އަމަލު ކުރަން ފަށާތާރީޚުން ފެށިގެން ގުދަންބިމުގެ ރަޖިސްޓްރީގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ފައިސާ ދައްކަމުންދާގޮތުގެ ރިޕޯޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

ކުރުން މަނާ ކަންތައްތައް

10.

 

ވަގުތީ ގުދަން ހެދުމަށް ދޫކުރެވޭ ބިމެއްގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.

(1)   ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް މި ބިމުގައި ހިންގުން ނުވަތަ ކުރުން.

(2)   މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންކަމާއި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

ގުދަން ބިން އުވާލުން

ނުވަތަ ނެގުން       

11.

(ހ)

މިއުޞޫލުގައިވާ ގޮތުގެ މަތިން އަމަލު ނުކޮށްފިނަމަ އެފަރާތަށް ދޫކުރެވިފައިވާ ވަގުތީ ގުދަން ހެދުމަށް ދެވިފައިވާ ބިން ނެގުމުގެ ބާރާއި އިޚްތިޔާރު ކައުންސިލް އިދާރާއަށް ލިބިގެން ވެއެވެ.

 

 

(ށ)

ގުދަން ހެދުމަށް ދޫކުރެވިފައިވާ ބިން ކުއްޔަށް ދޫކުރި ފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ އެ ބިމެއް ވަގުތުން އުވާލުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ނ)

މި އުޞޫލުގެ ދަށުން ދޫކުރެވޭ ވަގުތީ ބިމުގެ މުއްދަތު ހަމަވުމުން އެއްވެސް ޝަރުތަކާއި ނުލައި ބިން ހުސްކުރަންވާނެއެވެ. ނަމަވެސް މުއްދަތު ހަމަވުމުން ބިމާއިމެދު ޢަމަލުކުރަންވީ ގޮތެއް ބަޔާންކޮށް ލިއުމަކުން ކައުންސިލް އިދާރާއިން އަންގާ އެންގުމަކާއި އެއްގޮތަށް ޢަމަލުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާނެއެވެ.

ފިޔަވަޅު އެޅުން

12.

(ހ)

މިއުޞޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(1)  ފުރަތަމަ ފަހަރު 500ރ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(2)  ދެވަނަ ފަހަރު 1500ރ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(3)  ތިންވަނަ ފަހަރު 2500ރ ބޮޑުނުވާ އަދަދަކުން ޖޫރިމަނާކުރުން.

(4)  ހަތަރުވަނަ ފަހަރު އެފަދަ ފަރާތަކަށް މިއުޞޫލުގެ ދަށުން ގުދަން ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގުމަށްފަހު 2އަހަރު ދުވަހުގެ މުއްދަތަށް މިއުސޫލުގެ ދަށުން ދޫކުރެވޭ ބިމަކަށް ކުރިމަތި ނުލެވޭގޮތަށް ސަސްޕެންޑް ކުރެވޭނެއެވެ.

(5) މިއުޞޫލާއި ޚިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ފައިސާ 7 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ދައްކާ ޚަލާސް ނުކޮށްފިނަމަ ޤާނޫނާއި ޤަވާޢިދުގެ ތެރޭން ފައިސާ ހޯދުމުގެ ބާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

އުޞޫލަށް ބަދަލުގެނައުން

13.

(ހ)

މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެންނެވެ.

 

 

(ށ)

މި އުޞޫލާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ ނިންމުމެއް ތަންފީޒްކުރަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ މަސްވަރާގެ މަތީން އެފަދަ މައްސަލައެއް ނިމެންދެން ވަގުތީ އަމުރު ހިންގުމުގެ ބާރު ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއަކަށް ލިބިގެންވެއެވެ. އަދި މިފަދަ އަމުރުތައް ތަންފީޒްކުރަންޖެހޭނީ ލިޔެކިޔުމުން ފެންނަގޮތަށެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގެ މުއްދަތު އެންމެ ގިނަވެގެން ދެމި އޮންނާނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާއަތް ކުރެވިފައިވާ މައްސަލައަށް ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.

މާނަކުރުން

14.

(ހ)

"ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ އަށެވެ.

13 ސެޕްޓެންބަރު 2018